ހިންނަވަރުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެެއްޖެއެވެ.
ހިންނަވަރު ހެލްތު ސެންޓަރުން ބުނީ އެ ރަށުން އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ހިންނަވަރުން ޕޮޒިޓިވް ކޭހެއް ފެންމަތިވުމާއި ގުޅިގެން އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ވެސް ގެނެސްފައެވެ.
ފަހުން ޕޮޒިޓިވްވި މީހާއާއެކު އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 2 އަށް އިތުރުވެފައެވެ. މީގެ އިތުރުން އެ ރަށުން ނިޔާވި މީހެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރި އިރު ވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ.
ހިންނަވަރުން ގިނަ ޢަދަދެއްގެ ސާމްޕަލް ނަގައިފައިވާއިރު, 179 ސާމްޕަލުގެ ނަތީޖާ ނުލިބޭކަމަށް އެ ރަށު ހެލްތު ސެންޓަރުން ބުންޏެވެ.