ގއ.ވިލިގިނލި ބޭރުން ދަތުރުކުރަމުން ދިޔަ ޔޮޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ދެންމެ ބުނީ ގއ.ވިލިގިނލި އިރުން 25 ނޯޓިކަލް މޭލު ބޭރުން ދެ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ޔޮޓެއްގެ އިންޖީނު ހުއްޓިގެން ދެކުނު އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 14:54 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.