ގިނަ ޢަދަދެއްގެ ކުދިން ހިމެނޭހެން، ހުރާއިން ޕޮޒިޓިވްވި ޢަދަދު 90 އަށް އަރައިފިއެވެ.
”ދިޑެއިލީ“ އަށް މަޢުލޫމާތު ދެއްވަމުން ހުރާ ހެލްތު ސެންޓަރުގެ މެނޭޖަރު މުޙައްމަދު ސާމީ ދެންމެ ވިދާޅުވީ ހުރާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު 90 އަށް އަރާފައިވާ ކަމަށެވެ.
އޭގެތެރޭގައި މިއަދު ޕޮޒިޓިވްވި 29 މީހުން ހިމެނޭކަމަށް ވެސް ސާމީ ވިދާޅުވިއެވެ. ސާމީ ވިދާޅުވި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގައި، އެ ރަށު ސުކޫލުގައި ކިޔަވާ ގިނަ ޢަދަދެއްގެ ދަރިވަރުން ހިމެނެއެވެ.
މީގެ ކުރިން ސާމީ ވިދާޅުވި ގޮތުގައި އެ ރަށުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހައިރިސްކް 09 މީހުން ހިމެނެއެވެ.
ހުރާއިން ޕޮޒިޓިވް ކޭސްތައް ފެންމަތިވުމާއެކު އެ ރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.