ސަރުކާރުން ދިނުމަށް ނިންމާފައިވާ ފްލެޓުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޓީއިން ކޮށްފައިވާ މަސައްކަތް ފުރިހަމަ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދާދިފަހުން އާންމުކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާ ގުޅިގެން އެތައް ބައެއް ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ފްލެޓްތައް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހުރި ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ފެންނަނީ ފްލެޓު ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔައީ ފުރިހަމައަށް ކަމަށެވެ.
އަދި ރައްޔިތުން ކަންބޮޑުވުން އެކަމުގައި ހުރިނަމަ އެކަމާ ކަންބޮޑު ނުވުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ. ސަބަބަކީ ފްލެޓު ނުލިބި ތިބި ފަރާތްތަކަށް ރަނގަޅު ގޮތެއް ސަރުކާރުން ހޯދައިދޭނެތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ލަސްވި ކަމަށް ފާހަގަކުރައްވައި އަލިއަޅުވާލާފައެވެ. އަދި އެ މަޝްރޫއުތައް ލަސްވެފައިވަނީވެސް ވަޒީރުންތައް އެކަންތައް ބަލަން ޖެހޭ ގޮތަށް ބަލަހައްޓާފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި ވަޒީރުންނަށް އަމަލު ކުރަން ޖެހޭގޮތްވެސް ރަނގަޅަށް އެނގިލައްވާފައި ނުވާ ކަމަށެވެ.
އެގޮތުން ކުރީގެ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއަށް، ގެދޮރުވެރިކަމުގެ މައްސަލައިގައި ދިމާވި ކަންތައްތަކުގައި އަމަލުކުރަންވީގޮތްވެސް އެނގިލައްވާފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Kobaa theege ohtarakee
Adhivess this havaalu kuraakah noonelhy fonivaahaka nudhakkaa thi havaalukoh Bala…thidhakaney……kaagenyfuraany nukaeh nufuraanamey………hivarhehi huriyyaa nikan havaalukollabala locale inthihaabuge luring ……..nuvaane thikamehi………mageynimmumaky flat hagguvering nah thi kotharu kosh viyas adhi alifaafoh takah viyyas havaalunukoh vote hordhan naanathi magey kaariya
V.v.v.v.v.v
shalaan