މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ތެޔޮ ބާޖެއް ފޭދޫ ފިނޮޅު ފަރުމައްޗަށް ލައްވެއްޖެއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން، މާލެ ކައިރީގައި އަޅާފައި އޮތް 68 ފޫޓުގެ ”ޓްރާންސް ފިއުލް-9“ ނަމަކަށް ކިޔާ ތެޔޮ ބާޖެއް ނަގިލި ކަހައިލައިގެން ގޮސް، ފޭދޫ ފިނޮޅު ދެކުނު ފަރާތުގެ ފަރުމައްޗަށް ލައްވެފައިވާ ކަމަށެވެ.
މި ބާޖުގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު 12:48 ހާއިރު ކަމަށާއި، އެހެންކަމުން މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.