ހޮނިހިރު, އޭޕްރިލް 17, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރައީސް އޮފީހުގެ ބަޔާނަށް އީވާ ފާޑުވިދާޅުވެއްޖެ

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
މާރޗް 29, 2021
ޚަބަރު
0
ރައީސް އޮފީހުގެ ބަޔާނަށް އީވާ ފާޑުވިދާޅުވެއްޖެ

ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ދޫކޮށްލެވޭނެ މައްސަލައެއް ނޫން ކަމަށާއި، އެ ވައްކަމަށް އިންސާފު ހޯދަންޖެހޭކަމަށް ދައުލަތުގެ ވެރިންނަށް ވިދާޅުވެވިދާނެ ކަމަށާއި، އެ ގޮތަށް ވިދާޅުވުމަކީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުއްވެވުމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.

ADVERTISEMENT

ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދަޢުވާ ނުކުރަން ނިންމުމާއި ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ ރައިސް އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

ރައީސް އޮފީހުން މި މަހުގެ 27 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުނުފަހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދައުލަތުން އުފުލާ ދަޢުވާތަކުގެ ކަންކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްއާއި، ދައުލަތުގެ ބަންޑާރަ ނައިބަށް މުސްތަޤިއްލުކަން ޤާނޫނު އަސާސީއިން ދީފައިވަނީ، އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތަޢައްސުބެއް ނެތި މިނިވަންކަމާއި، ޢަދުލުވެރިކަމާއެކު ދަޢުވާތައް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ހަމައެހެންމެ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެ ފަދަ އުސޫލުތައް ނަގަހައްޓައި، ރައްޔިތުންގެ ހައްޤުތައް ރައްކާތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ލާޒިމުކުރާ ކަމެއްކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްޤުތައް ނަގަހައްޓައި، އެ ހަައްޤުތައް ކަށަވަރު ކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް, އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ވެންޓިލޭޓަރުގެ މައްސަލަ އަލުން ބަލަން ގޮވައިލަައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އީވާ ވިދާޅުވީ ދައުލަތުގެ ތިން ބާރު އޮތީ ވަކިވެފައިކަމަށް ބުނެ މައްސަލަ ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށެވެ. އަދި އެ ވައްކަމަށް އިންސާފު ހޯދަންޖެހޭކަމަށް ދައުލަތުގެ ވެރިންނަށް ވިދާޅުވެވިދާނެ ކަމަށާއި، އެ ގޮތަށް ވިދާޅުވުމަކީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުއްވެވުމެއް ނޫންކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިކަން ރައްޔިތުންނަށާއި، މަޖިލީހަށާއި، މުއައްސަސާތަކަށް ސާފުވާން ޖެހޭނެ ކަމަށާއި އެއްވެސް ހާލެއްގައި އެއީ މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވައިލުން ނޫން ކަމަށެވެ.

އީވާ ވިދާޅުވީ މި މައްސަލަ ރަނގަޅަށް ނުބަލައިފިނަމަ، އެއްވެސް ވައްކަމެއް ބަލާނެކަމުގެ އިތުބާރެއް ދެން ރައްޔިތުންނަކަށް ނޯންނާނެ ކަމަށެވެ. އަދި ހަމައެހެންމެ އެ އިތުބާރު ނޯންނާނީ ވަކި ރައްޔިތުންގެ ނޫން ކަމަށާއި ޚުދު އޭނާއަށް ވެސް އެ އިތުބާރު ނޯންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވަނީ ތިންބާރު ވަކިވެފައިކަމަށް ބުނެ ނުވަތަ ކޯލިޝަން ސަރުކާރެކޭ ބުނެ ހުއްޖަތެއް ދެއްކެން ނޯންނާނެ ކަމަށެވެ. އަދި 2018 ވަނަ އަހަރު ރައްޔިތުން އިތުބާރުދިނީ އެމްޑީޕީއަށްކަމަށް ވެސް އީވާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

އޭޕްރިލް 17, 2021
ޤުރުއާނުގެ އެންމެ އާޔަތެއް ދޮގުކޮށް، އިންކާރުކޮށްފިނަމަ އެ މީހަކު ދީނުން ބޭރުވާނެ: ޒައިދު

ޤުރުއާނުގެ އެންމެ އާޔަތެއް ދޮގުކޮށް، އިންކާރުކޮށްފިނަމަ އެ މީހަކު ދީނުން ބޭރުވާނެ: ޒައިދު

އޭޕްރިލް 17, 2021
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މަގުމައްޗަށް

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މަގުމައްޗަށް

އޭޕްރިލް 17, 2021
ޕީޕީއެމް ރުއް ކަނޑައެއް ނުލަން، އެއީ ފިލްމެއްގެ މަންޒަރު – ކައުންސިލް

ޕީޕީއެމް ރުއް ކަނޑައެއް ނުލަން، އެއީ ފިލްމެއްގެ މަންޒަރު – ކައުންސިލް

އޭޕްރިލް 16, 2021

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޑރ.ނާޒުގެ ދުލުން: އެމްޑީޕީއަށް ވޯޓު ނުދެއްވަން ނިންމެވި ސަބަބު!

    ޑރ.ނާޒުގެ ދުލުން: އެމްޑީޕީއަށް ވޯޓު ނުދެއްވަން ނިންމެވި ސަބަބު!

    0 shares
    Share 0 Tweet 0
  • ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0
  • އަޅުގަނޑުމެންނަށް މި އޮތް ދެއަހަރުތެރޭގައި މުޢިއްޒު ނިކަމެތި ކޮށްލެވިދާނެ: ނަޝީދު

    0 shares
    Share 0 Tweet 0
  • ”މަރަށް މަރު ހިފުމަކީ ސިކް ބައެއް ކުރާކަމެއް ކަމަށް ބުނެ މެންބަރު ވަޙީދު ކުފުރުވެއްޖެ“

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In