ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ.
ރާއްޖެއަށް ސައުދީން ކަދުރު ހަދިޔާކޮށްފައި މި ވަނީ 1442 ވަނަ އަހަރުގެ ރަމަޞާން މަހާ ދިމާކޮށެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ކަދުރު ހަދިޔާކުރުމަށް ބޭއްވި ރަސްމިޔާތުގައި ރާއްޖޭގެ ފަރާތުން 25 ޓަނުގެ ކަދުރާ ހަވާލުވެވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ސައުދީ އަރަބިއްޔާ އިން ކޮންމެ އަހަރެއްގެ ރަމަޞާން މަހާ ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާ ކުރާކަން ފާހަގަކުރަމެވެ.