ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސަން ޝެޑިއުލްކޮށްފައިވާ ބައެއް ފްލައިޓްތައް ޑިލޭވެއްޖެއެވެ.
ފްލައިޓްތައް ޑިލޭވެފައި މި ވަނީ މާލެ ސަރަޙައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބަން ވއިގަދަވެ މޫސުން ގޮސްވެފައި ވާތީއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްތައް ޑިލޭ ވާން ފަށާފައިވާ އިރު، ގިނަ ފްލައިޓްތަކެއް ދަނީ އެއަރޕޯޓަށް ޖެއްސޭ ގޮތް ނުވުމުގެ ސަބަބުން އެސަރަޙައްދުގައި ބުރުޖަހަމުންނެވެ.
ޑިލޭ ވަމުންދާ ފްލައިޓްތަކުގެ ތެރޭގައި އެމިރޭޓްސް، ސްރިލަންކަން އެއަރލައިންސް، ފްލައި ދުބާއީ، ޤަތަރު އެއަރވޭސް، އެއިރޯފްލޮޓް، މަންޓަރ އެއަރ، ވިލާ އެއަރ އަދި މޯލްޑިވިއަންގެ ފްލައިޓްތައް ހިމެނެއެވެ.
ބައެއް ފުލައިޓްތައް މިހާރު ވަނީ އަވަޓެރި ލަންކާ އަދި އިންޑިއާގެ ޑުރެވިންޑުރަމް އެއާރޕޯޓަށް ޑައިވާޓް ކޮށްފައެވެ.