އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް(އިބްރާ)، އެ ޕާޓީގެ މިހާރުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.
އިބްރާ މިއަދު ވިދާޅުވީ މަޖިލީހުގައި އެ ބޭފުޅުން މަސައްކަތްކުރެއްވީ އެމްޑީޕީގެ އެންމެ އަށެއްކަ މެންބަރުން ކަމަށެވެ. ނަމަވެސް ނަތީޖާ ނެރުއްވާފައިވާނެކަމަށް އިބްރާ ވިދާޅުވިއެވެ.
”އަންނި އަތަށް 64 މެންބަރުންނާއެކު މަޖިލިސް ހަވާލުކުރީމަ ޖަހަނީ ސަކަރާތް. ރީތިކޮށް އިނދެގެން ކޮށްލެވެން އޮތްކަމެއް، ކުރާނެ ގޮތެއް ވެސް ނޭނގިގެން އުޅޭހެން ހީވަނީ. ވެރިކަން ހަވާލު ކުރީމަ ވެސް ވީ އެވަރު.“ އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ މަޖިލިސްތެރެއިން މިހާރު ފެންނަނީ ބަރުލަމާނީ ނިޒާމެއްގައި މި ރާއްޖޭގަ ކަން ހިނގާގޮތް ކަމަށެވެ.
”ބޮޑުވަޒީރު އަތްދޮށުން ލޯލާރިއެއް ވެސް ސަލާމަތް ނުވާނެ. ޤައުމުގެ ވަސީލަތްތައް ހުންނާނީ 20 އަށް މީހުންގެ މިލްކުގަ“ އިބްރާ ވިދާޅުވިއެވެ.