ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކޮރަޕްޝަންއަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
އަދުގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން، ފެނަކަ ކޯޕަރޭޝަން އަކީ، ކޮރަޕްޝަން ހިންގުމަށް ގިނަ ބަޔަކު ބޭނުން ކުރަމުން ދިޔަ ތަނެއް ކަމަށް، ގިނަބަޔަކު ދިޔައީ ބުނަމުންނެވެ.
މިކަމާއި ގުޅެ ގޮތުން މިއަދު ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، އެކުންފުނި ވެފައިވަނީ، ކޮރަޕްޝަންގެ ހާއްޔަކަށް ކަމަށާއި، އެހެން ނަމަވެސް އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ކުރެވުނު ބުރަ މަސައްކަތުން މިއަދު އެ ކުންފުނި މުޅިން ސާފުކުރެވިފައި ވާކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މާޒީއަށް ބަލާއިރު، އެކުންފުނީގެ ސައްހަ އޮޑިޓެއް ކުރެވިފައިވާތަން ފެންނާން ނެތް ކަމަށާއި، 2018 ވަނަ އަހަރާއި ހަމައަށް ނެރުނު އެއްވެސް އޮޑިޓް ރިޕޯޓުތަކުގެ ހިސާބުތައް ދިމާނުވާ ކަމަށެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު ކުރި ބުރަ މަސައްކަތުން ސައްހަ ރިޕޯޓެއް ނެރި އާއްމުންނަށް އެ ފެނަން އޮންނާނެ ކަމަށާއި، އެއީ، މުވައްޒަފުން ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތައް މަސައްކަތްކުރި ކަމުގެ ނަތީޖާ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކައިގައި ވިދާޅުވީ، މިއަދު އެކުންފުނި ބޭނުން ކޮށްގެން ކޮރަޕްޝަންގެ އަމަލެއް ނުވަތަ އެ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާގިތައް ކަންތައް ނުކުރާ ކަމުގެ އަލިގަދަ ހެކިތައް ރާއްޖޭގެ އެކި ދިމިދިމާލުން ފެންނަން އެބަހުރި ކަމަށާއި، އެހެން ނޫންނަމަ، ގިނަ މަޝްރޫއުތަކެއް ބާރުމިނުގައި ފުރިހަމަ ކުރެވެމުން ނުދާނެ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލަމުން، ވިދާޅުވީ، މިއަދު ފެނިގެން މިދަނީ، ފެނަކަ ރައްޔިތުންގެ ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓް ކުރެވިގެން ދާތަން ކަމަށާއި، ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށް ރައްޔިތުންގެ އިތުބާރު ފެނަކައިން އަލުން ހޯދާފައިވާ މަންޒަރު ކަމަށެވެ.
Fenaka gai ulhenee insaanuneh noonvihya dhen corruption neh nuhigaanehnu