ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ ފަރާތްތަކުންް، ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުންް އަވަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އެދިއްޖެއެވެ.
އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގައި ޢުމުރުންް 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިންް، ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ ފަރާތްތަކުންް، ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުންް އަވަސްކުރުމަށް އެދޭކަމަށެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ ކުރިއަށް އޮތްް ރަމަޟާންް
މަހުގައި ވެކްސިންް ދިނުންް ކުރިއަށް ގެންދެވޭނީ މަދު ގަޑިތަކެއްގައި ކަމުންް ރަމަޟާންްމަހުގެ ކުރިންް ވެކްސިންގެ ފުރަތަމަ ޑޯޒު ހޯދުމަށް ދަންނަވާ ކަމަށެވެ.
ސިނޯފާމްް ވެކްސިންގެ ދެވަނަ ޑޯޒު، ފުރަތަމަ ޑޯޒު ޖަހާތާ 4 ހަފުތާފަހުން ޖެހޭނެކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މި ވެކްސިނަކީ ކޮވިޑަށް ދެމުންގެންދާ އެހެނިހެން ވެކްސިންތަކެކޭ އެއްފަދައިން ރައްކާތެރި ވެކްސިނެއްކަން ފާހަގަކޮށް، އެޗްޕީއޭއިން ބުނީ، މިއީ ”އިން އެކްޓިވޭޓަޑް“ ވައިރަސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވަާ ވެކްސިނެއް ކަމަށެވެ. އަދި މިއީ ގިނަ ޒަމާންތަކެއް ވަންދެން ރައްކާތެރިކަން ޔަޤީންކުރެވިފައިވާ ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީއެއް ކަމަށާއި، ޒަމާނުއްސުރެ ޖަހަމުން އަންނަ ޕޯލިއޯ، ރޭބީސްފަދަ ވެކްސިންތައް ތައްޔާރުކޮށްފައިވަނީ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ކުރިއަށް އޮތަ ތަނުގައި ކޮވިޝީލްޑް ވެކްސިންޖަހާނީ ދެވަނަ ޑޯޒަށް އެކަނި ކަމަށެވެ.