ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢަލީ ރަޝީދު ޢައްޔަންކުރައްވައިފިއެވެ.
އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަލީ ރަޝީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަންކުރެއްވީ ފާއިތުވެދިޔަ ބުރާސްފަތި ދުވަހުގައެވެ.
ހަމައެހެންމެ މަޤާމުގެ ލިޔުން ހަވާލުކުރެއްވުމަށް ހުކުރު ދުވަހު އިސްކަންދަރު ކޮށީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
މެލޭޝިޔާއިން ޝަރީޢާ އެންޑް ލޯ އިމް މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައިވާ ޢަލީ ރަޝީދު، ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރައްވާތާ 25 އަހަރު ވަނީ ވެފައެވެ.