ތ.ގުރައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %40 ނިމިފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
މި މަޝްރޫޢުއާބެހޭ މަޢުލޫމާތު ހިއްސާކޮށް، އެމްޓީސީސީން މިއަދު ބުނީ ތ.ގުރައިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %40 މިހާރު ނިމިފައިވާކަމަށެވެ.
ހަމައެއާއެކު އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓު ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢުއަކީ 46.01 މިލިއަން ރުފިޔާގެ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، 325 މީޓަރުގެ ސަރަހަައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ.
ހަމައެހެންމެ 185 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 1875 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.