ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކޯވިޑް-19އަށް ޕޮސިޓިވްވެއްޖެއެވެ.
މެންބަރު ޝިޔާން ކޯވިޑަށް ޕޮޒެޓިވްވެފައިވާ ކަން އެނގުނީ ހުން އައުމުން ކޯވިޑަށް ޓެސްޓުކުރުމުން ކަމަށާއި ކޯވިޑަށް ޕޮޒެޓިވް ވި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ޝިޔާން މިއަދު ކޯވިޑަށް ފައްސިވި އިރު ހާއްސަ ހުއްދައިގެ ދަށުން އޭނާ ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ތޮއްޑުއަށް، ސްޓެލްކޯ އިން އެރަށުގައި އިމާރާތްކުރާ އާއު އިންޖީނުގޭގެ ބިންގާ އެޅުމަ ވަޑައިގެންފައެވެ.
ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން މިވަގުތު ހުންނެވީ މާލެގައި ހޯމް ކަރަންޓީންވެގެން ގޭގައެވެ.