އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދުކުރެއްވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުރީގެ މެންބަރު ޝުޢައިބު ޢަލީ(ފުރަހަނި ޝުޢައިބު) ނިންމަވައިފިއެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޢިއްޒުއަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާކަމަށް ޝުޢައިބު ހާމަކުރެއްވީ މިރޭގައެވެ.
ޝުޢައިބު މިރޭ ވިދާޅުވީ ކެތްތެރިކަން ކޮޅުންލައިފި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ރާއްޖެ ސަލާމަތްކޮށްގެން މެނުވީ ދިވެހިންނަށް އަދި ޚާއްސަކޮށް މާލޭ ރައްޔިތުންނަށް ހަމަޖެހުމެއް ނެތް ކަމަށެވެ.
އެހެންކަމުން މި ހުންނެވީ ޑރ.މުޢިއްޒާއެކުކަމަށް ވެސް ޝުޢައިބު ވިދާޅުވިއެވެ.
”އަޅުގަނޑުގެ އަމިއްލަ މިނިވަންކަން އޭގެ އެންމެ ފުޅާ މިނުގައި މާލޭ ރައްޔިތުންގެ ޙައްޤުގައި ބޭނުންކުރާނަން.“ ޝުޢައިބު ވިދާޅުވިއެވެ.
ޑރ.މުޢިއްޒުގެ އިތުރުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ އެމްޑީޕީން އަނަސް ޢަބްދުއްސައްތާރާއި، އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.
Aslives Anni ge balaa maaboduvee