ރާއްޖެއިން އިތުރު 166 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފިއެވެ.
ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 91 މީހުން ހިމެނެއެވެ. އޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުން 52 މީހުން ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް 23403 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 20618 މީހުން ވަނީ ރަނގަޅުވެފައެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ 98 މީހުން ހިމެނޭހެން މި ވަގުތު ފަރުވާދެމުން އަންނަނީ 2712 މީހުންނަށެވެ.
ކޮވިޑު ޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ 66 އަރާފައެވެ.