މޫސުން ގޯސްވާނެކަމަށް ލަފާކޮށް, ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ 19:45 އިން ފެށިގެން 23:00 އާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅުގެ ސަރަހައްދުތަކަށެވެ.
އެ ވަގުތުތަކުގައި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވޭނެކަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިރޭ އިރާކޮޅު ހާމަކުރި ގޮތުގައި މާލެ އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ހިމެނޭ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެއެވެ.