ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ގދ.ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ބުނީ އެ ރަށުން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެ ގޮތުން ތިނަދޫ މޮނިޓަރިންއަށް ލާފައިވަނީ މިރޭ 18:55 ގައެވެ.
އެހެންކަމުން މި ވަގުތުން ފެށިގެން އެޗްޕީއޭގެ ހުއްދައެއްނެތި އެ ރަށަށް އަރައިފޭބުން މަނާވާނެއެވެ.
ކޮވިޑާއި ގުޅިގެން މީގެ ކުރިން ވެސް ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.