ބުރާސްފަތި, އޭޕްރިލް 22, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 15

ނިރު، ޝާމް ލިޔުނީ: ނިރު، ޝާމް
މާރޗް 28, 2021
ވާހަކަ
4
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ފަނަރަ ވަނަ ބައި

ADVERTISEMENT

”ކޮއްކޮ ބުނި ތިވާހަކަ! އަހަރެން ވަކިގޮތެއް ނިންމުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމެއް ތިއީ! އެހެންވީމަ އަހަރެން ވިސްނާލާފަ ކޮއްކޮ ކައިރީ ވަކިއެއްޗެއް ބުނާނަން!“

އަޔާޒު ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެން އިނދެއެވެ.

”ކީއްކުރަން ލަސްކުރަންވީކީ! އަހަންނަށް ޔަގީން މިހާރު ޝައި އެންމެ އުފާވާނީ އިއްޒާ ފެނުމުންކަން!“

އަޔާޒަށް ސިއްސައިގެން ގޮސް ބެލުނީ އިފާގެ ލޮލަށެވެ.

”އަޔާ ކޮށްދޭންވީކަމަކީ ފަރު ގާތު ބުނެގެން ދަތުރުގެ ކަންތައް ހަމަ ޖައްސަންވީ! އަހަރެން ފޮނުވާނަން ފަރުއާ އިއްޒައާ ދެމީހުންގެ ޓިކެޓް ފައިސާ!“

އިފާ ނިންމާފައިވާ ގޮތް އެނގުމުން އަޔާޒުގެ ހިތުގައި އުފެދުނު ނުތަނަވަސްކަން ފިލައިގެން ދިޔައެވެ.

”އެ ދެމީހުންގެ ޓިކެޓްގެ ކަންތައް އަހަރެން ހަމަޖައްސާނަން! އެކަމަކު އޭގެ ކުރިން ރަނގަޅު ތަނަކުން ކޮޓަރިއެއް ވެސް ހޯދަން ޖެހޭނެ!“

އަޔާޒު ބޭނުންވަނީ އެ ޚަރަދު އަޔާޒު އަތުން ކުރުމަށެވެ. މިހާރު ވެސް އިފާގެ އާއިލާގެ މައްޗަށް ބަރޯސާވެގެން މާގިނަކަންކަން ކުރުވިއްޖެއެވެ.

”އަޔާ!“ ލޯބި ރާގަކަށް އިފާ ގޮވައިލިއެވެ.

”އަހަރެން ބުނީމެއްނު، ޝައިއާ ގުޅުންހުރި ހުރިހާކަމެއް ބަލަހައްޓާނީ އަހަންނޭ!“

”އޯކޭ. އެހެންވިއްޔާ ފަރުގެ ޓިކެޓް ނަގާނީ އަހަރެން. ……އެންމެ ރަނގަޅެއްނު؟“

އަޔާޒު ގޮތްދޫނުކުރާނެކަން އެނގުމުން އިފާ އެކަމާ އެއްބަސްވިއެވެ.

”ތި ދެމަފިރިންނަށް އަޔާ މިހާރު ތިހިރަ ރޫމުގަ އުޅެވޭނެހަމަ. އިއްޒާ ހުންނާނީ އަހަރެން ގާތު! ހިނގާ މާދަމާގެ ފްލައިޓަށް ޓިކެޓް ނަގަމާ! …….ފަޔާ ފަރުއާ ވާހަކަދައްކާތި!“

ފަރުއީންގެ ވާހަކަ އިފާގެ ދުލުން ބޭރުކުރަން އިފާއަށް ވަރަށް އުދަނގުލެވެ. އެހެންނަމަވެސް އިފާ ޖެހޭނީ ހަގީގަތް ގަބޫލުކުރާށެވެ. އެއީ އަޔާގެ އަންހެނުންނެވެ. ހިތަށް ކިތަންމެ ތަދު ވިޔަސް، އެދެމީހުން އެއްކޮށް އުޅޭތަން ބަލަން ހިތަށް ނުކުޅަދާނަ ނުވިޔަސް އިފާ ޖެހޭނީ އެކަމަށް ހޭނޭށެވެ.

އިފާ އެހުރިހާ ވާހަކައެއް ދައްކާ ނިންމިއިރު ވެސް އަޔާޒު އިނީ އިފާގެ މޫނަށް ބަލަހައްޓައިގެންނެވެ. އިފާގެ މޫނުން އަޔާޒު ދަސްކުރަނީ ކޯއްޗެއްކަމެއް ޚުދު އަޔާޒަކަށް ވެސް ނޭނގެއެވެ.

އެދުވަހު އެކަނިވާ ކޮންމެ ވަގުތަކު އަޔާޒު ވިސްނީ ޝައިބާގެ ހުށަހެޅުމާ މެދުގައެވެ. ޚިޔާލު ކުރެވެމުން ދިޔައީ އިފާގެ އެހެރަ އޯގާތެރި ގާތް ގުޅުމާ މެދުގައެވެ. ހިތަށް އަނިޔާ ލިބިފައިވާ މައުސޫމު ކުއްޖެކެވެ.

ޖެހިގެން އައި ދުވަހެވެ. މެންދުރުކާން ތިބެފައި އަޔާޒު ގުޅީ ފަރުއީން އަށެވެ.

”ކޮބާ ކިހާއިރަކު ނައްޓަލުން އޮތީ! ކޮބާ މަންމަ!“

އިފާއަށް އިވެނީ އަޔާޒު ދެއްކި ވާހަކަ އެކަންޏެވެ. ފޯނު ބާއްވަމުން ފްލައިޓް އެކޮޅުން ނައްޓާލާނީ ދެގަޑި ފަންސާހުގައޭ އަޔާޒު ބުންޏެވެ.

ދެން ދެމީހުން ދޭތެރޭ ދެކެވެމުން ދިޔައީ އާންމު ބައެއް ވާހަކަތަކެވެ. އެ ވާހަކަތައް ދައްކަމުން ދިޔައިރު އިފާ ވިސްނަމުން ދިޔައީ ފަރުއީން އައުމުން އަޔާޒާއެކު ހޭދަކުރަން ދެން އިފާއަށް ވަގުތު ނުލިބޭނެތީ އެކަމާއެވެ. އެދެމީހުން އެއްކޮށް އިފާއާ އެއްފުރާޅެއްގެ ދަށުގައި އުޅޭއިރު އިފާއަށް ކެތްކުރެވިދާނެތޯ ވެސް ހިތާހިތާ ސުވާލުކުރެވެއެވެ. އެހެން ހިތަށް އެރިއަސް އިފާގެ ހިތަށް ތަދުވެއެވެ. ދެރަވެއެވެ. މި ފިކުރެއްގައި އިންދާ އިފާއަށް އިވުނީ އަޔާޒު ގޮވައިލި އަޑެވެ.

”އިފާ! …. ވާހަކައެއް އަހަންތަ!“

އިފާ ބަލައިލީ އަޔާޒަށެވެ. އަދި މަޑުމަޑުން ބޯޖަހައިލިއެވެ. ކާން ގެންގުޅުނު އުލާ ސަމުސާ ތަށީގެ އެތެރޭގައި ހިންގައިލިއެވެ. އަޔާޒު ބަލަހައްޓައިގެން އިނުމުން ރަކިވެ އިސް ޖަހައިލެވުނެވެ. އިފާގެ މޫނަށް އައި ބަދަލު ފެނުމުން އަޔާޒު ހީނލިއެވެ.

”ކޮބާތަ އިފާގެ ފިރިމީހާ!“

އިފާއަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑޮކޮށްގެން އަޔާޒާ ދިމާއަށް ބަލަން އިނދެވުނެވެ.

”ކީކޭ! …… ނޭނގެ!…….އަމްމްމް .ނުހުރޭ!“

އިފާއަށް ވީގޮތް އަޔާޒު އިނީ ވަރަށް ރަނގަޅަށް ބަލަހައްޓައިގެންނެވެ.

”ކީއްވެ މިހާ ދުވަސް ވާއިރު އިފާ މީހަކާ ނީނދެ ތިހިރީ!“

ސުވާލަކަށްފަހު ސުވާވާލެއް އަޔާޒު ކުރަމުން ދިޔައެވެ. އެންމެ ފަހު ސުވާލާއެކު އިފާ ގަނޑުވީއެވެ. އެއްވެސް ޖަވާބެއް ނުދީ އިރުކޮޅަކު އިނުމަށްފަހު އިފާ ތެދުވެގެން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އިފާ ހިނގާލާފަ ދުރަށް ދިޔަ މަންޒަރު ބަލަން އަޔާޒު އިނީ ޙަމްދަރުދީ އެކުލެވިފައިވާ ލޮލަކުންނެވެ. ދެން ދެއަތަކަށް ބޯހޫރައިލިއެވެ.

އިފާ ދިޔަގޮތަށް ގޮސް ނުކުތީ ބޭރު މަގުމައްޗަށެވެ. އެތާ އިރުކޮޅެއް ވީފަހުން މީހާ ހަމައަކަށް އެޅުނީމާ ދެން ގޮސް ވަނީ ޝައިބާ އޮތް ރޫމަށެވެ. އޭރު އަޔާޒު ފެންނާކަށްނެތެވެ.

އިރުގަނޑެއް ފަހުން އައީ އަޔާޒުގެ މެސެޖެކެވެ. ފްލައިޓް ޖެއްސި ވާހަކައެވެ. ޝައިބާ ގާތު އެ ވާހަކަ ބުނުމަށްފަހު އިއްޒާ ގޮވައިގެން ހޮސްޕިޓަލަށް އަންނާނީ ތިމަންނައޭ ބުނެފައި އިފާ ނިކުތީ ގެއަށް ދިއުމަށެވެ.

”މަންމާ، އަޔާޒު ހުންނަ ކޮޓަރީގެ ތަންމަތި ބަދަލުކުރުވިންތަ!“

ގެއަށްވަދެ ފުރަތަމަ ވެސް އިފާ ސުވާލުކުރީ އިފާ މަންމައާއެވެ. މަންމަ އާއެކޭ ބުނެ ބޯޖަހައިލުމުން އިފާ ގޮސް ވަނީ އިފާ ކޮޓަރިއަށެވެ. އެނދުގައި އިށީނދެ ވިސްނަމުން ދިޔައީ ފަރުއީން އާ ކުރިމަތިލާނެ ގޮތެކެވެ. އެދެމަފިރިންނަށް އެގޭތެރޭގައި ދަތިކަމެއް ނެތި ހަފުތާއެއްހަ ދުވަހު އުޅެލެވޭނެ ގޮތަކީ ކޮބައިތޯ ވިސްނިއެވެ. އަދި އަޔާޒާ ވިހާވެސް ދުރަކުން އުޅުމަށް ނިންމިއެވެ. އެހެންވިޔަސް އެއީ އުދަނގޫ ކަމެކެވެ. އިފާއަށް އެކަން އެނގެއެވެ.

ގޭގެ ބެލްކަންޏަށް ނިކުމެ އިފާ ހުރީ އަޔާޒުމެންގެ އިންތިޒާރުގައެވެ. އެމީހުން މިހާރު އަންނަން އުޅޭނެއެވެ. އެހެން ހުއްޓާ އިފާގެ މަންމަ ގޮވާއަޑު އިވެން ފެށުމުން ޗޮކެއް ކަނޑާލާފައި ވަނީ އެތެރެއަށެވެ. މަންމަ އުޅެނީ އެމީހުން އަންނަން ވާއިރަށް މޭޒުމައްޗަށް ސައި ތައްޔާރު ކުރުވުމުގައެވެ. އިފާއަށް އަޔާޒުގެ ކޮންމެ ކަމަކުން ހަމަޖެހުން ލިބޭކަން މަންމައަށް ވެސް އެނގެނީބާވައެވެ. އެހިސާބުން އިފާ ވެސް މަންމައަށް އެހީވުމުގައި އެމަސައްކަތުގައި މަޝްޣުލުވީއެވެ.

ގޭގެ ބެލް ޖެހި އަޑާއެކު އިފާގެ ހިތް ތެޅިލިއެވެ. އަޔާޒު ހުންނާނީ ފަރުއީންގެ އަތުގައި ހިފަހައްޓައިގެން ބާވައެވެ. އަޔާޒު ފަރުއީންގެ ލޮލަށް ބަލާލާނީ ހާދަ ލޯބިންނެވެ. ޚިޔާލުތައް މާމައްޗަށް ދާން ފެށީމާ އިފާ ހިނގައިގަތީ ކޮޓަރިއަށެވެ. އޭރު އަޔާޒުމެން ވަނުމަށްޓަކައި މަންމަ ގޮސް ގޭގެ ބޮޑުދޮރު ހުޅުވައިލަނީއެވެ. އިފާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއެކު އަޔާޒު ގޮވައިލިއަޑު އައީ އެކުއެކީގައެވެ.

އަޑު ނީވޭކަމަށް ހަދާލާފަ އެތެރެއަށް ވަންނާކަށް އިފާއަކަށް ނުކެރުނެވެ. ކުޑަކޮށް މަޑުކޮށްލާފަ އިފާ އެނބުރި ބަލައިލިއެވެ. ޙައިރާންކަމުން އިފާގެ މޫނު ފުރިގެން އައެވެ. އެސްފިޔަ ޖަހާލެވުނީ ކިތައް ފަހަރުކަމެއް ގުނާލަ ގުނާލާ ހުރި އަޔާޒަކަށް ވެސް ނޭނގުނެވެ. އަޔާޒުގެ މޫނުން ފެނުނީ ލާނެތްގޮތެކެވެ. އަޔާޒުގެ މޫނަށް ބަލާލަމުން ދެން ވެސް އިފާ ހޯދީ ފަހަތުގައި އިތުރު މީހަކު ހުރިތޯއެވެ. ދެން ހިނގައިގަތީ އެމީހުންނާ ދިމާއަށެވެ. އިފާގެ ދެލޯ ހުއްޓިފައިހުރީ ކުޑަކުޑަ އިއްޒައާ ދިމާއަށެވެ. އެއީ އެކުއްޖާގެ އެންމެ ޅަފަތުގައި އިފާގެ އުނގުގައި ބައިންދައިގެން ލޯބިން ބޮސްދީ އުޅުނު ތުއްތު ތުއްތު އިއްޒާއެވެ. އެ ކުއްޖާގެ ކޮލުގައި ބޮސްދީ ދޮންދީ ފެންވަރުވާ ހެދި އެ ފުށްގަނޑެއްކަހަލަ އިއްޒާއެވެ.

އެމީހުންނާ ކައިރިވަމުން ދިޔަ ވަރަކަށް އިފާގެ ޙަރަކާތް އަވަސްވަމުން ދިޔައެވެ. އެންމެ ފަހުން އިފާ ގޮސް ހިފީ އިއްޒާގެ އަތްތިލާގައެވެ. ދެން އިއްޒާ ގާތު ބިންމަތީ އިށީނދެ އެ ކުއްޖާ އިފާއާ ކައިރި ކޮށްލިއެވެ. އިއްޒަ ހުރީ ވާނުވާ ނޭނގިފައެވެ. އެ މޫނުން ފެންނަނީ ބީރައްޓެހިކަމެވެ. އެހެންނަމަވެސް ކިޔަމަންތެރިކަމާއެކު އިފާގެ ކަކޫމަތީ އިށީނެވެ.

އިފާއާ އިއްޒާ ދޫކޮށްލުމަށްފަހު އިފާ މަންމަ ހިނގައިގަތީ ޝައިބާ މަންމަ ގޮވައިގެން ކޮޓަރިއާ ދިމާއަށެވެ. އަޔާޒުވެސް މަންމަ އައި އިރު ގެނައި ފޮއްޓަކާ ދަބަސް ހިފައިގެން އިފާގެ މަންމަގެ ފަހަތުން ހިނގައިގަތެވެ. އިފާއަށް ހޭވެރިކަންވީ އެހިސާބުންނެވެ.

ތެދުވެގެން އަޔާޒުގެ ފަހަތުން ހިނގައިގަތް އިފާއަށް ފަރުއީން ނާންނަކަން އެހިސާބަށް ދިޔައިރު ގާތްގަނޑަކަށް ޔަގީން ވެއްޖެއެވެ.

”ހާދަ ގޯހޭ!“

އަޔާޒުގެ ބުރަކަށީގައި ކޮއްޓާލަމުން އިފާ ބުނެލީ އަޔާޒުގެ ކަންފަތާ ކައިރިވެލާފައެވެ. އެ އަޑުގައިވަނީ ޖޯޝެވެ. އަޔާޒު އިފާއާ ދިމާއަށް ބަލައިލީ ވައްކަޅިންނެވެ. އަދި ހީނލީ އިފާއަށް ނުފެންނަ ގޮތަށެވެ. އިފާ އުފާވިކަން އެނގުނީމައެވެ.

ނަސީބުކަންދިމާކުރިގޮތުން އެ ދުވަސްކޮޅު އިފާގެ ބައްޕަވީ ހަފުތާއަކަށް ރާއްޖެއިން ބޭރަށް ގޮހެވެ. އެހެންކަމުން މަންމަ ގާތު ބުނެގެން އިފާ ބަދަލުވީ މަންމަ ކޮޓަރިއަށެވެ. އިފާގެ ކޮޓަރި އަޔާޒުގެ މަންމައަށާ އިއްޒާ ހުރުމަށް ތައްޔާރުކޮށްދިނެވެ.

ސައިގެކަންތަކުން އަވަދިވެގެން އިއްޒާ ގޮވައިގެން ޝައިބާ މަންމަ ވަނީ އެމީހުން ތިބެން އިފާ ބުނި ކޮޓަރިއަށެވެ. އެއީ އިފާގެ ކޮޓަރިކަން އެނގޭތީ އަޔާޒު އެ ކޮޓަރިއަކަށް ނުވަދެއެވެ. ބޭރުގައި މަޑުކުރީ މަންމަ ބޭނުމެއް ޖެހިގެން ގޮވައިލަފާނެހެން ހީވާތީއެވެ.

އިފާވެސް މަންމަގެ ކޮޓަރިއަށް ވެއްދި އިފާގެ ބައެއް އެއްޗެހި އެކިތަންތަނަށް ލުމަށްފަހު ޝައިބާ މަންމައަށް ކަމެއް ބޭނުން ޖެހިދާނެހެން ހީވާތީ  ބޭރަށް ނުކުތްވަގުތެވެ. އިވުނީ ހައްވައްތަ އަޔާޒަށް ގޮވި އަޑެވެ. އިފާގެ ކުރިން އެ ކޮޓަރިއަށް ވަނީ އަޔާޒެވެ. އޭރު އިފާ އެ ކޮޓަރިއާ ދިމާއަށް އަންނަކަމެއް އަޔާޒަކަށް ނޭނގެއެވެ.

ހައްވައްތަގެ އަޑު އައީ ފާޚަނާއިން ކަމުން އިފާ ވެސް ވަނީ ދުވެ ގޮސް ފާޚާނާއަށެވެ. އިފާއަށް ފެނުނުއިރު އިއްޒައާއި ހައްވައްތަ ތިބީ ތެމި ފޯވެފައެވެ. އަޔާޒު ވާހަކަދައްކާ އަޑު އިވުމުން އަޔާޒު ވެސް ފާޚާނާގެ ތެރޭގަ ވެއްޖެކަން އިފާއަށް އެނގުނެވެ.

”ކީއްވީ!“

އިފާ ފާޚާނާގެ ދޮރުމައްޗަށް އެރުމުގެ ކުރިން ކުރީ ސުވާލެކެވެ. އެ ހިސާބުން އިއްޒަ ފެށީ ރޯންށެވެ.

”އިސްކުރެއް ބިންދައިގެން ދިޔައީ!“

ކަންބޮޑުވެފައިވާ އަޑަކުން ހައްވައްތަ ބުއްޏެވެ.

”އެއީ އެއްވެސް ކަމެއްނޫން!“

ލޯބިން އިއްޒަގެ ކޮލުގައި ފިރުމައިލަމުން އިފާ ވަނީ ހައްވައްތަ ތަން ދެއްކުމުން އެތެރެއަށެވެ. އޭރު ގާތްގަނޑަކަށް އަޔާޒު ހުރީ ތެމިފައެވެ.

”ގޮސް މިބައިން ކަރަންޓް ކަނޑާލަބަލަ އިފާ!“ އަޔާޒުގެ އަތުގެ އިނގިލިތަކުގެ މެދުން ފެންތައް އަރަމުން ދާތީ އިފާއަށް ވެސް ފުރަތަމަ އަތް އެޅުނީ އިސްކުރު ބިންދައިގެން ދިޔަތަނުގައެވެ. އެއީ އަޔާޒުގެ އަތްމަތީގައެވެ.

އަޔާޒު ބުނި އެއްޗެއްގެ އަޑު އިވުމުން އިފާ ދުއްވައިގަތީ އެ ބައިން ކަރަންޓް ކެނޑުށެވެ.

ކަރަންޓް ކަނޑާލުމުން ފެން އައުން ހުއްޓިއްޖެއެވެ. އަޔާޒު ގޮސް ބޭނުންވާ ސާމާނު ގަނެގެން އައި އިރު އަޔާޒު މަންމައާ އިއްޒަ އުޅެނީ އަޔާޒުކޮޓަރީގެ ފާޚާނާގައެވެ.

ގެނައި ސާމާން އެޅި ކޮތަޅު ހިފައިގެން އަޔާޒު ގޮސް ވަނީ އިފާގެ ކޮޓަރިއަށެވެ. އޭރު ވެސް އިފާ އުޅެނީ ފާޚާނާއިން ބޭރަށާއެއްކޮށް އެޅިފައި ހުރި ފެންތައް ހިއްކަން ވެގެންނެވެ. އަޔާޒު ފެނުމުން އިފާ ހިންދެމިލިއެވެ.

”ހިނގާ މިކަން ވޭތޯ ބަލަން!“

އިފާގެ ޖަވާބަކަށް އިންތިޒާރކުރުމެއް ނެތި އަޔާޒު އުޅެގަތީ އިސްކުރު ހަރުކުރުމުގެ މަސައްކަތާއެވެ. ގެންގުޅުނު ފިހިގަނޑާ ފެންހިއްކަން ގެންގުޅުނު އެއްޗެހި އެއްފަރާތުގައި ބަހައްޓާފައި އިފާ އުޅުނީ އަޔާޒަށް އެހީތެރިވުމަށެވެ. އަޔާޒު އިށީނދެ އިނިއްޔާ އިފާ ވެސް އިނީ އިށީނދެއެވެ. ކޮޅަށް ހުރިއްޔާ އިފާވެސް ހުރީ ކޮޅަށެވެ. ތިއޭޓަރެއްގައި އޮޕްރޭޝަން ޑޮކުޓަރަށް ދެން ތިބޭމީހުން އާލާތްތައް ފޯރުކޮށްދޭ ފަދައިން އިފާ ވެސް ދިޔައީ އަޔާޒަށް ބޭނުންވާ އެއްޗެހި ގާތްކޮށްދީ އަތަށް ލައްވައިދީ ހަދަމުންނެވެ. އެ ވަގުތު އެ މަންޒަރު ފެނުނު ކޮންމެ މީހަކުވެސް ބުނާނީ އެއީ ހާދަހާ ގުޅޭ އެހީތެރި ދެމަފިރިންނޭއެވެ.

އިސްކުރުގެ މަސައްކަތް ނިންމާލުމަށްފަހު ގެންގުޅުނު ބާކީ ސާމާން ކޮތަޅަކަށް އެޅުމަށްފަހު އަޔާޒު ހިންދެމިލިއެވެ. އަދި ކޮތަޅު އިފާއަށް ދިއްކޮށްލުމުން ކޮތަޅު އިފާ އަތުލިއެވެ.

”ޑަން!“ ދެ އުކުޅުގައި އަތް ވިދެލަމުން އަޔާޒު ބުނެލިގޮތުން އިފާގެ ހިތުގެ ހިނގުން އަވަސްވެގެން އައެވެ.

                (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ވާހަކަ: ބޯގަންވިލާ – 01

ވާހަކަ: ބޯގަންވިލާ – 01

އޭޕްރިލް 22, 2021
ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 01

ވާހަކަ: ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ – 21

އޭޕްރިލް 21, 2021
ވާހަކަ: އަހަރެންގެ ހިތްހެވެވެ

ވާހަކަ: އަހަރެންގެ ހިތް ހެވެވެ. (ތިންވަނަ ބައި)

އޭޕްރިލް 21, 2021
ޒައިނާ – 01

ވާހަކަ: ޒައިނާ (ދެވަނަ ބައި)

އޭޕްރިލް 20, 2021

Comments 4

  1. Kamana says:
    4 weeks ago

    Varah reethi kiyaahithun indha enimuny dhen oyi bayah varah inthizaaru kuran

    Reply
  2. JUSTICE says:
    4 weeks ago

    Mi vhk eyge zaathuga aslu v reethi Maasha Allah.. bt hama lahy upkuraaleh.. otherwise vaki dhuvaheh buneladhinihyaa v ragalhu up vaane.. mijeheni irukoakolhaa balaalan up veythw… ehn vanyaamu readers in ge support kudavaane.. kuraakameh Faruvaatherikamaaeku gayaalaigen kuranyaamu dhw laahifureynee..ehnma ummydhukuran islaah kohlaane kamah mikan kan?

    Reply
    • ރައުޔު says:
      4 weeks ago

      މިއީ ކޮންބަހަކުން ލިޔެފައި އޮތް ކޮމެންޓެއްބާ؟
      އަނެއްކާ ބަންގާޅީއެއްބާ މިކޮމެންޓް މިލިޔުނީ

      Reply
      • JUSTICE says:
        3 weeks ago

        Kihineh vy kiyan neygumaky emeehehge mahslehnu????

        Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0
  • ޤިޞާޞް ހިފުމަށް އިންކާރުކޮށް ﷲ ގެ އާޔަތްތަކަށް ކާފަރުވެއްޖެ

    0 shares
    Share 0 Tweet 0
  • ރެސިޕީ: ކަނަމަދު ކޭކު

    0 shares
    Share 0 Tweet 0
  • ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In