ރ.ހުޅުދުއްފާރު ސްކޫލުގެ ދެ ދަރިވަރުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މި މަހުގެ 24 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އުނގޫފާރުން މީގެކުރިން ވަނީ އެ ރަށު ސްކޫލުގެ ގްރޭޑް 07 ގެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވެފައިވަނީ އެ ދަރިވަރުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ ދެ ކުއްޖެެކެވެ.
ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ މެނޭޖަރު ޝަރީފާއި ހަވާލާދީ ސީއެންއެމްއިން ބުނެފައިވާ ގޮތުން މިއަދު ޕޮޒިޓިވްވެފައިވަނީ ގްރޭޑް 09 ގެ ދަރިވަރަކާއި، ގްރޭޑް 06 ގެ ދަރިވަރެކެވެ.
ފުރަތަމަ ޕޮޒިޓިވްވި ދަރިވަރާއި ގުޅިގެން 100 އެއްހައި ސާމްޕަލް ނަގާފައިވާއިރު، 90 ސާމްޕަލްގެ ނަތީޖާ ނުލިބޭކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.