ކަންކަމުގެ ޙަޤީޤަތް އެނގިލައްވާ ހާލު, ޤައުމީ ބޮޑެތި މައްސަލަތަކުގައި ހިމޭނުން ތިއްބެވުމަކީ ޤައުމަށް ބޭވަފާތެރިވުންކަމަށް އެމްއެންޑީއެފުގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެެެއެވެ.
އިޙްސާން މިހެން ވިދާޅުވީ ޤައުމުގައި މިއަދު ހިނގަމުންދާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އިޙްސާން ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ތަޢުލީމް ހާސިލުކުރައްވައިގެން ތިއްބެވި، ވާނުވާ އެނގިވަޑައިގަންނަވާ ބޭފުޅުންނަށް, ކަންކަމުގެ ޙަޤީޤަތް އެނގިލައްވާ ހާލު، ޤައުމީ ބޮޑެތި މައްސަލަތަކުގައި ހިމޭނުން ތިއްބެވުމަކީ ޤައުމަށް ބޭވަފާތެރިވުން ކަމަށެވެ.
މި ޤައުމަކީ އެންމެންގެ ވެސް ޤައުމު ކަމަށް ވިދާޅުވެ އިޙްސާން ވަނީ، ޤައުމަށް ވަފާތެރިވެލެއްވުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
އިޙުސާނަކީ މިޤައުމާ މެދު އިޙުސާންތެރިވެ ވަޑައިގަންނަވާ ޤައުމު ދެކެ ލޯބިވެ ވަޑައިގަންނަވާ އިޚުލާޞްތެރި ބޭފުޅެއް…ޑީއެންއޭ ގެ ޤައުމީ ފިކުރާ އެކު އަޅުގަނޑު މެން މިތިބީ ފިސާރި ކެރިގެން.