ރައްޔިތުން މަޖިލީހަށް ޕްރޮސިކިއުޓާ ޖެނެރަލް އާއި އެޓާނީ ޖެނެރަލަ ކުރާނެ ދައުވާތަކާއި ނުކުރާނެ ދައުވާތައް ނުބެލޭނެ ކަމަށް މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއީލު (އިބްރާ) ވިދާޅުވެއްޖެއެވެ.
އިބްރާ އެ ފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިމި ވަނީ ކޯވިޑް-19ގެ ސަބަބުން ހެލްތް މިނިސްޓްރީން ރާއްޖެއަށް ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ ހުސައިން ޝަމީމް ނިންމެވުމުން އެކަމުގައި ހިޔާލުތަފާތުން އުފެދި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ޕީޖީ ޝަމީމް އަދި އޭސީސީގެ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައި ވަނިކޮށެވެ.
ޕްރޮސިކިއުޓާ ޖެނެރަލަކީ މުސްތަގިއްލު މަޤާމެއް ކަމަށާއި އަދި އެޓާނީ ޖެނެރަލަކީ ވެސް އޭނާގެ މަސައްކަތުގައި މުސްތަގިއްލުވާން ޖެހޭ މީހެއްކަމަށް އިބްރާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މަޖިލީހުން އޭޖީއާއި ޕީޖީގެ ކަންކަމުގައި ބެހެންވެއްޖެ ނަމަ އެކަން ވާނީ މަޤާމުގެ ނުފޫޒު ނާޖައިޒުކޮށް ބޭނުންކޮށްގެން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމުގައި އިބްރާ ވިދާޅުވެފައިވެއެވެ.
އިބްރާ އަކީ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެއް ކަން ފާހަގަ ކުރަމެވެ.
ބަޅަކުބުންޖަސް ތެދެއްވާނީ ތެދަކައް
Ibra aka neyn gey tha anni ge baaru higaa sarukaa regga onnaa nee hama ekani jabbaaru kame e ee anni ge baaru e kaley ge kai ree ga AG eh PG eh noan naane