ޕީޕީއެމް ވެރިކަމެއްގައި ވެންޓިލޭޓަރުތަކުގެ ވައްކަން ބަލާނެ ކަމަށާއި، އެކަކަށް ވެސް ނުބެޗޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ކޮވިޑާއި ގުޅިގެން ވެންޓިލޭޓަރު ގަތުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ލިބުނު އާ މަޢުލޫމާތުތަކަށްފަހުގައި ވެސް ދަޢުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައެވެ. ސަބަބަކީ ކުރިން ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ރިޢާޔަތްކޮށް، ޖިނާޢީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާ ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ކެނޑިޑޭޓުންނަށް ލެވޭ ކޮންމެ ވޯޓަކީ ވައްކަމަށް ހުޅުވޭ އިތުރު ދޮރެއްކަމަށެވެ.
”ވެންޓިލޭޓަރު ވައްކަމަކީ އެމްޑީޕީ ސަރުކާރުން ހިންގި ބޮޑުވެގެންވާ ވައްކަމެއް. މަތިން ތިރިއަށް ތަޙްޤީޤު ހިންގަންޖެހޭ ބޮޑު ވައްކަމެއް.“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ ޕީޕީއެމް ވެރިކަމެއްގައި ވެންޓިލޭޓަރުތަކުގެ ވައްކަން އިތުރަށް ބަލާނެ ކަމަށާއި، އެކަކަށް ވެސް ނުބެޗޭނެކަމަށް ވިދާޅުވެފައެވެ.
Ekkame ves vaa baeh noon abadhuvesmassala bala Adabu dhey vahaka ottaru huri vahaka dakkabala