ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ފުލުހުން މުއައްސަސާ ވެގެންދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު އުވިގެންދިޔަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން އާ ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއާއެކު ފުލުހުންގެ މުއައްސަސާއަށް ރަނގަޅު ބަދަލުތައް އަންނާނެ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އަދި އުއްމީދުކުރާ ފަދަ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގައެވެ. އަދި ޑިސެމްބަރު 27ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނާއެކު ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ. އެގޮތުން ފުލުހުންނަކީ ސިވިލް ސާވިސްގައި ނުހިމެނޭ އަދި މަދަނީ ހިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް ހިމަނާފައިވެއެވެ.
އަދި ހާއްސަ ފުލުހުންގެ ބޯޑެއް އެކުލަވާލުންވެސް އެ ގާނޫނުގެ ދަށުން ކުރިއަށްދާނެއެވެ. ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭ ގޮތައް ބަދަލު ކުރުމެވެ.
ކަންތައް ތައް ރަންގަޅުވާނީ އަކީ ޤާނޫނަކުން ނުވަތަ ހަދާ ގަވާއިދަކުންނޫން. ނިޔަތާއި އިޚްލާސްތެރި ކަމުން. ތި ތަން އަދިވެސް ރަންގަޅެއްނުވާނެ. މި ފުރަ މާލޭގެ ކޮންޓްރޯލް ޕާޓޭން އަތަށް ދީގެން ތި ތިބެނީ ރައްޔިތުން ބިރު ގަންނަވައި ބައިތިއްބަން. ދެން ކޮންކަމެއް ރަންގަޅުވާނީ. ގޯޅި ގޯޅީގައި ވެރިކަން ކުރަނީ އެމީހުން. މީހުން ތިބެނީ ބިރުން ފިއްކަނޑައިގެން ދާވަރުވެފައި. އިސް އުފުލާ ބަލާލާކަށެއްނުކެރޭ.
މިއުޅެނީކީ މުއައްސަސާ ކަމުނުގޮސްގެނެއްނޫން.
ތިކަހަލަ ގައްދާރުން ތަންތަނަށްލީމާ އެއްވެސް ކަމެއް ރަގަޅެއް ނުވާނެ. ފުރަތަމަ ތިމާމީހާ އިސްމާހުވޭ. އޭރުން ހުރިހާ ކަމެއްވެސް ރަގަޅުވާނެ.