އަވަށްޓެރި ސްރީލަންކާގެ ސުކޫލުތައް ކޯވިޑް-1 ގެ 2 ވަނަ ރާޅާއެކު އޮކްޓޯބަރު މަހު ވަނީ ބަންދުކުރި ނަމަ ވެސް އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވެސްޓާން ޕްރޮވިންސް އާއި ކޮލަމްބިއާގެ ހުރިހާ ސުކޫލެއް އަންނަ ހޯމަ ދުވަހު ހުޅުވާލުމަށް ނިންމާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާގޮތުގައި ހެލްތް މިނިސްޓްރީގެ އިރުޝާދުތަަކަށް ހާއްސަ ސަމާލުކަމެއް ދީގެން ސްކޫލްތައް ހުޅުވާ އިރު މި ފަހަރު ޕްރީސްކޫލުތައް ވެސް ހުޅުވާލާނެ ކަމަށެވެ.
މިހާރު ސުކޫލުތައް ހުޅުވައިގެން ހުރިހާ ގްރޭޑަކަށް ކިޔަވައި ދެވިދާނެ ކަމަށް ލަންކާގެ މިނިސްޓްރީން ވަނީ ހާމަކުރެއެވެ.
ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން އެހެން ބުނި ނަމަވެސް ފުރަބަންދުގެ ސަބަބުން ގިނަ ޤައުމު ތަކުގައި ކިޔަވައިދެމުން ދަނީ އޮންލައިންކޮށެވެ.
ކޯވިޑް-19 ފެތުރި އެންމެ ބޮޑުވަރުވީ ލަންކާގެ ސިޓީއަކީ ވެސްޓާން ޕްރޮވިންސް ސިޓީއެވެ. ފުރަބަންދުގައި އެ ސިޓީގެ ސުކޫލްތައް ވަނީ ބަންދުކޮށްފައެވެ.