މަޝްހޫރު ސުއެޒް ކެނަލް ހުއްޓުމަކަށް އައިސްފިއެވެ.
ސުއެޒް ކެނަލް ހުއްޓުމަކަށް އައިސްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރ އުފުލާ ބޯޓު ’އެވަރ ގުރީން‘ ކޮންޓްރޯލުންނެއްޓި އެ ކެނަލް ހުރަސްވުމާއި ގުޅިގެންނެވެ.
ދުނިޔޭގެ ހުޅަނގު ބިތާއި އިރުމަތީ ބިތް ގުޅުވައިދޭ މައި މަގަކީ ސުއެޒް ކެނަލެވެ. މި ކެނަލުން ގަޑިއިރެއްގެ ތެރޭ 400 މިލިއަން ޑޮލަރުގެ ކާގޯ ދަތުރުކޮށް ހަދައެވެ.
ސުއެޒް ކެނަލް ހުއްޓުމަކަށް އައުމާއި ގުޅިގެން ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ މުދާ ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެވަރ ގިވެން ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު އެ މަސައްކަތް ނިންމާލުމަށް އެތައް ދުވަހެއް ހޭދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ސުއެޒް ކެނަލަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކެނަލް ކަމަށްވާ އިރު ދުނިޔޭގެ 12 އިންސައްތަ ވިޔަފާރި މުދާ އެ ކަނެލްއިން ދަތުރުކުރެއެވެ.

މިވަގުތު ވެސް ކެނަލްގެ 2 ފަޅީގައި 250 ބޯޓު ދަތުރު ނުކުރެވި ކިޔު ޖެހިފައި އޮތް އިރު އޭގެ ތެރޭގައި ތެޔޮ ބޯޓުތައް ވެސް ހިމެނެއެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތި އަގު އުފުލުން އެކަށީގެންވެއެވެ.