އިސްލާމުން ޖަންގިޔާ ލައިގެން އެހެން މީހުންގެ ކުރިމަތީ ތިމާގެ ބޮޑީ ހުށަހެޅުމަކީ ލަދުވެތިކަމެއްކަމަށް އައްޝައިޚް ޢަލީ ޒައިދު މިރޭ ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި މިވަނީ މި އަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތް މިރޭ ކުރިއަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މި އަހަރުގެ މިސްޓަރ މޯލްޑިވްސް، މުޙައްމަދު ޔާމީނަށް ޓްރޮފީ ހަވާލުކޮށްދެއްވާފައި ވަނިކޮށެވެ.
ޒައިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑީ ބިލްޑިންގް ވިޔަސް، ކޮންމެ އެއްޗެއް ވިޔަސް، އައުރަ ވާނީ އައުރައަށް ކަމަށެވެ. އަދި އައުރަ ފާޅުކުރުމަކީ ހުއްދަކަމެއް ނޫންކަން ވެސް ޒައިދު ފާހަގަކުރެއްވިއެވެ.
”ފިރިހެނުންގެ އައުރައަކީ ފުޅާއި ކަކުލާއި ދެމެދު.“ ޒައިދު ވިދާޅުވިއެވެ.
އެހެންކަމުން އިސްލާމުން ޖަންގިޔާ ލައިގެން އެހެން މީހުންގެ ކުރިމަތީ ތިމާގެ ބޮޑީ ހުށަހެޅުމަކީ ލަދުވެތިކަމެއްކަމަށް ވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.
ކިޔާކުއްޖާ އެބުނީ ތެދެއް. 18 އަހަރުނުވާ ކުއްޖާ ބާލިޢުވެ ދީނީގޮތުން އޭނާއަކީ ބޮޑުމީހަކަށް ވިޔަސް އޭނާ ކައިވެންޏެއް ކޮށްފިނަމަ މި ޖަނަވާރުން ހޭބުއްދި ފިލައިގެން ތެޅިފޮޅޭނެ. އެކަމަކު ބަލާބަލަ މިހާރު ކަންތައް ވާގޮތް. ކޮބައިތަ ހައްގުތައް ސަންދޯކަށް ލައިގެންއުޅޭ ލާދީނީ ކާފަރު ބައިގަނޑު. ކުޑަކުދިންގެ ހައްގުގަ ވަކާލާތުކުރާ ބައެކޯލަ. ޔަހޫދީކާފަރު ގްރޫޕެއް.
Bro kuda kudhin rape kurumaki maa ladhivethi kame..ekama echekey bunan nukereni keeve ba..nooni ekama dhekolha vahaakaalaathi kuran thedhinuvani siyaasee kamun tho.