ޅ.ފެލިވަރުން 66 މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފަކު ޕޮޒިޓިވްވުމުން މި މަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ފެލިވަރުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ނައިފަރަށް ނިސްބަތްވާ ފިރިހެނެކެވެ.
އެ ކޭސް ފެންމަތިވުމާއެކު ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގި 104 ސާމްޕަލުގެތެރެެއިން މިހާތަނަށް 66 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޅ.އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދީފައިވެއެވެ. އަދި ހަމައެހެންމެ 16 ސާމްޕަލުގެ ނަތީޖާ ނުލިބޭ ކަމަށް ވެސް ޅ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި ފެލިވަރުން ޕޮޒިޓިވްވި މީހުން މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރެވިފައެވެ. އަދި ހަމައެހެންމެ އެ ހުރިހައި މުވައްޒަފުންގެ ހާލު ރަނގަޅުކަަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.