ދިވެހި ޤައުމު ދުށް އެންމެ ބޮޑެތި ޚާއިނުންގެ ގޮތުގައި، މިހާރު ތިއްބެވި ވެރިންގެ ނަން ދިވެހި ތާރީޚުގައި ލިޔާނެ ދުވަަސް އަންނާނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު ޢަބްދުއްރަޙީމް(އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން ތިބީ މި ސަރުކާރުގެ މަކަރުވެރިންގެ ކެހިވެރި ރޭވުންތަކަށް ލޯހުޅުވައިގެން ކަމަށެވެ.
މިއަދު އަނިޔާވެރިވި ނަމަވެސް، ދިވެހިންގެ ހިމާޔަތުގައި ދިވެހިން ތެދުވާނެ ކަމަށާއި، ޤައުމު އަޅުވެތިކަމަށް ދާން ދިވެހިން ކުޑަ ވެސް ޖާގައެއް ނުދޭނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހި ޤައުމު ދުށް އެންމެ ބޮޑެތި ޚާއިނުންގެ ގޮތުގައި، މިހާރު ތިއްބެވި ވެރިންގެ ނަން ދިވެހި ތާރީޚުގައި ލިޔާނެ ދުވަަސް އަންނާނެކަމަށެވެ. އެ ގޮތުން ޢަބްދުއްރަޙީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީގެ ނަން، ޚާއިނުންގެ ގޮތުގައި ތާރީޚުގައި ލިޔެވޭނެކަން ފާހަގަކުރައްވާފައެވެ.