މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްްޖެއެވެ.
މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައ ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އެ ރަށު މަލިކުރުވާގެ، ޢުމުރުން 64 އަހަރުގެ އަޙްމަދު އިބްރާހިމް އެވެ.
އިތުރު މީހަކާއެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އޭނާގެ ހާލު ދެެރަވީ މިއަދު ހަވީރުގައެވެ. އޭނާ ނިޔާވެފައިވަނީ ހަވީރު 16:42 ހާއިރުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.