ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، އިގްތިސާދީ ބޫމް އާއި އެކު ފެނުނީ، ކޮރަޕްޝަންގެ ފުއްޕާހަން ފަޅައިގެން ދިޔަ މަންޒަރު ކަމަށް، ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިންގެ ޑިރެކްޓަރު އަދި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން މާލެ އަތޮޅުގެ ކައުންސިލުގެ ރައީސްކަމަށް ވާދަކުރައްވާ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، އިގްތިސާދީ ބުމް އާއި އެކި ފެނުނީ ކޮރަޕްޝަންގެ ބެލޫން ބްލާސްޓުވެގެން ދިޔަ މަންޒަރު ކަމަށާއި، ރައީސް ސޯލިހުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ނޭވާ ހޮޅު ބެދި ގޭސް ސިލިންޑަރުގެ ދަގަނޑު ހޮޅު ދަބަރައް ވެނިމިއްޖެ ކަމަށެވެ. އަދި ދިވެހި ގައުމު ބޮއްސުންލައި، ބިރުވެރިކަން، ނާމާންކަން ނޫން ކަމެއް ދިވެހިންނަކަށް ނެތް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނިމާލް ވިދާޅުވީ، ތިޔަ ބުނާ ފަތިހަކުން އަލިވިލޭނީ އުފާވެރި ދުވަހަކަށް ކަމަށް ބުނެ ޕްރޮމޯޓް ކުރިއަށް އެކަން ގަބޫލް ކުރަން އުނދަގޫވާނެ ކަމަށެވެ.
ނިމާލް އަންނަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު، ބޮޑު ތަނުން އަދުގެ ސަރުކާރު ބަލިކޮށް އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ބުނަމުންނެވެ. އަދި އެއީ، އިދިކޮޅުގައި ތިބީ ގައުމު އާރާސްތު ކުރާ ފިކުރު ކަމަށާއި، އެ ފިކުރަކީ، ރައީސް ޔާމީންގެ ފިކުރު ކަމަށް ވުމާއި އެކު ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަން މާތްﷲ ގެ ވާގި ފުޅާއި އެކު ”ޓުވެންޓީ ފޯރ އަވަރ މޭން“ ކާމިޔާބު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ނިމާލް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ފެނަކައިގެ އެމްޑީގެ މަގާމުގައި ހުރެ، ރާއްޖޭގެ ގިނަ ރައްތަކަށް 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދެއްވުމަށް ބުރަ މަސައްކަތެއް ކޮށްދެވި ބޭފުޅެކެވެ.