ރ.ވާދޫއިން އެ އަތޮޅު އުނގޫފާރަށް ދަތުރު ކުރި 85 މީހުން ގޭގައި އެކަހެރި ކުރެވިފައިވާ ކަމަށް ވާދޫ ހެލްތު ސެންޓަރުން ހާމަކޮށްފިއެވެ.
ވާދޫ ހެލްތު ސެންޓަރުން ހާމަކުރާގޮތުގައި މިމަހުގެ 2 ވަނަ ދުވަހު ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރ.ވާދޫއިން އެ އަތޮޅު އުނގޫފާރަށް ދަތުރުކުރެއްވެވި 85 ފަރާތެއް ވަނީ ގޭގައި އެކަހެރި ކުރެވިފަވާ ކަމަށެވެ.
އެ 85 މީހުންގެ ތެރެއިން 10 ދުވަސް ވެފައިވާ 15 ފަރާތެއްގެ ސުންކު ނެގިފައިވާ ކަމަށާއި ވީމާ މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށް ވާދޫ ހެލްތު ސެންޓަރުން މަޢުލޫމާތުދެއެވެ.
https://m.facebook.com/story.php?story_fbid=936651946875294&id=220297108510785