ތިކިޖެހި ތާނަ އުވައިލުމާއި ދެކޮޅުކަމަށް އައްޝައިޚް ޢަލީ ޒައިދު މިއަދު ވިދާޅުވެއްޖެެއެވެ.
ފަހަކަށް އައިސް ތިކިޖެހި ތާނައިގެ ބަހުސް ވަނީ ވަރަށް ފޯރިގަދަވެފައެވެ. އެއްބަޔަކު ބުނާ ގޮތުގައި ތިކިޖެހި ތާނަ އުވައެއް ނުލެވޭނެއެވެ. އަނެއްބަޔަކު ބުނާ ގޮތުންނަމަ ތިކި ޖެހިތާނައިގެ އަކުރުތައް މިހާރު ބޭނުންކުރުމުން ދިވެހި ބަހަށް އުނިކަން ލިބެއެވެ.
ތިކިޖެހިތާނަ އުވައިލުމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޒައިދު ވިދާޅުވީ އެއްޗެއް ނޭނގޭނަމަ އޮތް ހައްލަކީ އެއެއްޗެއް އުނގެނި ދަސްކުރުން ކަމަށާއި، އުވައިލުން ނޫން ކަމަށެވެ. އަދި ދިވެހިންނަކީ އިސްލާމްދީނާއި، ކީރިތި ޤުރްއާނުގެ އަހުލުވެރިން ކަމަށާއި، އެހެންކަމުން ތިކިޖެހި ތާނައިގެ މަޚްރަޖުތައް ދަސްވެ އެނގުމަކީ ކޮންމެ ދިވެއްސަކަށް ކޮންމެހެން ބޭނުންކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ.
”ތިކިޖެހިތާނަ އުވާލުމާ އަޅުގަނޑު ދެކޮޅު“ ޒައިދު ވިދާޅުވިއެވެ.
މީޑިއާތަކުގެ ޚަބަރުތައްވެސް ކުށްބަހުން (ބަސްތަކާއި ،ޢިބާރާތްތައް ) ވަރަށް ގިނައިން ހަމަނުޖެހޭގޮތަށް ލިޔުންތައް ހުންނަކަން ފާހަގަވަމުން އާދެއެވެ. އަދިޚާއްޞަކޮށް ތިކިޖެހިތާނަ ލިޔުމާއި ކިޔުމުގައިވެސް މިކަންވަނީ ޢާންމުވެފައެވެ.
ބަހެއް ނުވަތަ އަކުރެއް ، އަކުރުތަކެއް އުވާލާ ނެތިކޮށް
ދޫކޮށްލުމުގެ ބަދަލުގައި ތިކިޖެހިތާނަވެސް މިހާރުގެ ޖީލަށް އަދުގެ ޒުވާން ޖީލަށް ތަޢާރަފުކޮށް ދަސްކޮށްދިނުމަކީ ، މުއްސަނދި ދިވެހިބަހުގެ ޤަވާޢިދާއެއްގޮތައް ކިޔުމާއި ލިޔުން ތަރައްޤީ ކުރުންކަމުގައި ވެގެން ދާނެކަން ކަށަވަރެވެ. ވިސްނާލަމާ???