ހއ އަތޮޅު ފިއްލަދޫ ޖެޓީ ސަރަހައްދު މޫދުން 25 ކިލޯގެ މަސްތުވާ ތަކެތި ފެނިއްޖެއެވެ.
މި ތަކެތި ފެނިފައިވަނީ، މިއަދު 11:00 ހާއިރު އެރަށު މަސް ދޯންޏަކަށް ކަމަށާއި، އެ މައުލޫމާތު މިހާރު ފުލުހުންނާއި ހިއްސާ ކޮށްފައި ވާނެ ކަމަށް ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި މި މަސްތުވާ ތަކެތި މިވަގުތު ވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ، މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ 50 ޕެކެޓް މިހާތަނަށް ފެނިފައި ވާކަމަށާއި، އެއިން ކޮންމެ ޕެކެޓެއްގެ ބަރުދަނުގައި 500 ގުރާމް ހުރި ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހއ އަތޮޅުގެ ބައެއް ރައްރަށަށް މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓް ތަކެއް ލައްގަމުން ދާކަމަށާއި، އެކަމާއި ގުޅިގެން ފުލުހުން ހަރަކާތްތެރި ވަމުން ދާކަމަށެވެ.
N