މާލޭ ސިޓީ ކައުންސިލުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމުގައި އިސްކަންދޭންޖެހޭކަމަށް، މާލޭ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެން، މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ރައްދު ދެއްވައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޓީ ކައުންސިލަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމުގައި އިސްކަންދޭ ތަނަކަށް ހަަދަންޖެހޭކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ބިދޭސީ މުވަަައްޒަފުން މަދުކޮށް، އެ ވަޒީފާތަކަށް ދިވެހިން ނެގުމުގެ ސިޔާސަތު އެކަށައަޅާ ތަންފީޒުކުރަންޖެހޭކަމަށާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކުރަންޖެހޭކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒުގެ މި ވާހަކަތަކާއި ގުޅިގެން ޝިފާ މިއަދު ވިދާޅުވީ ހަތް އަހަރު ދުވަސްވަންދެން ހުރިހައި ސެކްޝަނެއް ގެންގޮސް ގެންގުޅުނުއިރު ވެސް އެއްވެސް ބިދޭސީއަކަށް ބަދަލެއްގެނެސްފައިނުވާ ކަމަށެވެ.
ނަމަވެސް މި ވެރިކަމުގެ ދެ އަހަރުތެރޭގައި ބިދޭސީން މަދުކޮށް، 30 ދިވެހިން އިތުރުކޮށްފައިވާކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި 200 ދިވެހިން ނަގަން ޕްލޭން އެކުލަވައިލެވިފައިވާކަނަށް ވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.
ޝިފާ ވިދާޅުވީ ތެދުވާހަކަ އެއްތޯ ނުވަތަ ނޫންތޯ ޑރ. މުއިއްޒު ސާފުކޮށްދެއްވަން އެބަޖެހޭ. ވޯޓްލާން ކައިރިވާއިރު މިހިރަ ކަހަލަ ކަންތައްތަކުގެ ތަފްސީލް ހޯދާ މައުލޫމާތު އެއްކޮށްގެން ވޯޓު ލުން ބުއްދި ވެރިވާނެ.