ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖައާކޮށް އަދާހަމަކުރުމާއި ކަމާއިގުޅޭ ގައުމީ ސްޓްރެޓެޖީ އެކުލަވާލުމަށް ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައިވަނީ އެ މަޝްރޫއަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ހިލޭ އެހީގައި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
އެ މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމާއި ގުޅޭ ގައުމީ ސިޔާސަތުތައް މުރާޖައާކޮށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިރުންގެ ހިޔާލާއި މަޝްވަރާއާއި އެކު، އެ ދާއިރާ އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށް ބޭނުންވާ ސްޓްރެޓެޖީ އާއި އިމްޕްލިމެންޓެންޝަން ޕްލޭނެއް އެކުލަވާލުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.
އެހެންކަމުން އެ ޕްލޭން މުރާޖައާކުރުމަށް ޝައުގުވެރިވާ ފާމްތަކުން އެކަމުގެ ސިޓީ ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.
މިނިސްޓްރީއިން އެދިފައިވަނީ އެކަމަށް ޝައުގުވެރިވާ ފާމްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރީން ސިޓީ ހުށަހެޅުމަށެވެ.