ހީނުކުރައްވާ ވަރަށް މިއަދު ”ޖަޒުބާތީ“ ވެއްޖެކަމަށް ރާއްޖޭގެ މަޝްހޫރު މިއުޒީޝިއަން މުޙައްމަދު މާޖިދު(މެޒޯ) ވިދާޅުވުމުން ދަރިފުޅު މީރާ މުޙައްމަދު މާޖިދު ބައްޕައަށް ހިތްވަރު ދެއްވައިފިއެވެ.
މެޒޯ މޯޑު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހީނުކުރައްވާ ވަރަށް މިއަދު ”ޖަޒުބާތީ“ ވެއްޖެކަމަށެވެ. އަދި ހަމައެހެންމެ ކުރީގެ ބައެއް ހަނދާންތައް އައުވަމުންދާކަމަށް ވެސް މެޒޯ މޯޑު ވިދާޅުވިއެވެ.
”މިއަދު އަހަރެން ހީނުކުރާވަރަށް މަ އިމޯޝަނަލް ވެއްޖެއެވެ. އާވަމުންދާ ހަނދާންތަކުގެ ކުރީގަ އުޅެނީ ބޮޑެތި ފިރިހެނުން އަތް މަޅާފައި ކަލޭގެ ދަރިޔޭ ކިޔާފައި މަށާ ދިމާއަށް އައިސްފަ ހުރި ވަގުތުތައް މަންޒަރާއެކުގައެވެ.“ މެޒޯ މޯޑުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މެޒޯ މޯޑުގެ މި ޓްވީޓަށް އޭނާގެ ދަރިފުޅު މީރާ މުޙައްމަދު މާޖިދު ދެއްވީ ވަރަށް ވެސް ފުރިހަމަ ޖަވާބެކެވެ.
”އަޅާނުލާ. އައި ލަވްޔޫ އެންޑް ޔޫ ލަވްމީ“ ބައްޕައަށް ހިތްވަރު ދެއްވަމުން ދަރިފުޅު މީރާ ވިދާޅުވިއެވެ.
މުޙައްމަދު މާޖިދު(މެޒޯ) އާއި، ދަރިފުޅު މީރާ މުޙައްމަދު މާޖިދަކީ ފާހަގަކޮށްލެވޭ ތަފާތު ލަވަތަކެއް ވިދާޅުވަމުން ގެންދަވާ ދެ ފަންނާނުންނެވެ.
މީރާވެސް ވިދާޅުވީ. ލަވަވެސް ވިދާޅުވަނީ. އެންމެ މަތީ ދަރަޖައިގެ ބައެއްތޯ މިއީ؟