ކެފޭތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކުގެ ވިޔަފާރިކުރާ ފަރާތްތައް ހާލުގައިޖެހި، މާލީ ހާލަތު ދަށަށް ގޮސްފައިވާ ކަމަށާއި، އެ ގޮތުން ލޮކްޑައުން އުވައިލަންވީކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެ މަނިކުފާނާއި، އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި، އެ ޕާޓީގެ ޢާންމު މެންބަރުން ވެސް ތިއްބަވާ ”ބަރުލަމާނީ“ ކިޔާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ކެފޭތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓްތަކުގެ ވިޔަފާރިކުރާ ފަރާތްތައް ހާލުގައިޖެހި އާދޭސްކުރަމުން އަންނަ ކަމަށެވެ.
”ސައިހޮޓާ، ރެސްޓޯރަންޓް، ކެފޭތައް ހަމަ އާދޭސްކުރަނީ. އެ މީހުންނަށް މިއިން ދުވަހަކު އަރައިނުގަނެވޭވަރަށް މާލީ ހާލަތު ދަށްވެއްޖެ. މިކަން މި ގޮތަށް ނުބޭއްވޭނެ. ލޮކްޑައުން އުވައިލަންވީ.“ ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެތެރޭގައި މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓުފަދަ ޢާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޓޭކްއަވޭއާއި، ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 20:00 އިން އޮންނަނީ މަނާކޮށްފައެވެ. ހަމައެހެންމެ ޓޭކްއަވޭއާއި، ޑެލިވަރީގެ ޚިދުމަތްތައް ވެސް ރޭގަނޑު 22:30 އިން ފެށިގެން ހުއްޓައިލަން ޖެހޭނެއެވެ.
ކަލޭމެންގެ ސަރުކާރުން ހާާވައިގެން އުޅޭ ހަޑިއެއްނު. ދެން ސާފުކޮށްބަލަ. ނުވާނެނު ދައުލަތަށް ފައިސާ ހޯދަން ރައްޔިތުމީހާ ބޭރަށް ނިކުތީމަ ޖޫރިމަނާ ކޮށްލަނީ. ތިހަޑި ސާފުކޮށްފިއްޔާ އެލާރިކޮޅު ނުވަންނާނެތާ
Voatu hoadhaan jahssaa stant voatunudheythi mdpah misarukaaru thijooreege dhorufatheh nei kaihuskohfi
ބަރާބަރު ނިންމުމެއް ގާނޫނަން އިސްލާހެއް ހުށަޅައިގެން އަމީރުމެން މައިތިރި ވާނި