އެމްޑީޕީ އަބަދުވެސް ވެރިކަމަށް އަންނަނީ ރައްޔިތުންގެ އިހްސާސްތަކާއި ކުޅެ، ނުފުއްދޭވަރުގެ މާސިންގާ ވަޢުދުތަކާއިގެންކަމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު ޣައްސާާން މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ ނަހުލާ ޢަލީގެ ކެމްޕެއިން ޖަގަހަ ހުޅުވަން މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުންނެވެ.
ޣައްސާން ވިދާޅުވީ އެމްޑީޕީ އަބަދުވެސް ވެރިކަމަށް އަންނަނީ ރައްޔިތުންގެ އިހްސާސްތަކާއި ކުޅެ، ނުފުއްދޭވަރުގެ މާސިންގާ ވަޢުދުތަކާއިގެންކަމަށެވެ. ނަމަވެސް ވެރިކަމަށް އާދެވުމުން ފެންނަނީ ދިވެހި ރައްޔިތުންނަކީ އެއްވެސް ބައެއް ނޫންކަމަށް ޤަބޫލުކޮށްގެން، މި ޤައުމު އެހެން ދިމާއަކަށް އަނބުރައިލުމަށް މަސައްކަތްކުރަމުންދާ މަންޒަރުކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޖާގަ މިއަދު ވަރަށް ފުޅާކޮށް ފަތުރާލައިފައިވާ ކަމަށެވެ. އަދި އެކަން ކުރާ މީހުންނަށް ފިޔަވަޅެއް ނާޅާކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ. ހަމައެހެންމެ ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާއިރު، ބޭރުން ލިބުނު އެއްވެސް އެހީއެއްްގެ ތަފްސީލް ރައްޔިތުންނާއި ހިއްސާނުކުރާކަން ވެސް ޣައްސާން ފާހަގަކުރެެއްވިއެވެ.
ކަންމިހެން ހުރިއިރު މި ޤައުމު މިއަދު އޮތް ހާލަތާމެދު ކޮންމެ ރައްޔިތަކު ވެސް ފުންކޮށް ވިސްނަންވެއްޖެކަމަށް ޣައްސާން ވިދާޅުވިއެވެ.
ވަރަށްރަނގަޅު ވާހަކަފުޅެއް ތިޔަވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަންނަނީ ދޮގުވައުދާއި މަކަރާއި ހީލަތުން އަދިވޯޓްފޮށިންވެސް ވަށްކަން ކޮށްގެން ވަރަށްސާފް އިނގޭތޯ