ދެއިރު ދެދަޅައަށް ޖަލަށް ލިޔަސް ހިތުގައިވާ ”ޤައުމީ ލޯތްބެއް“ ޖަލަކަށް ނުލެވޭނެކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލް މިއަދު ވިދާޅުވެއްްޖެއެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު މާލޭގައި ކުރި މުޒާހަރާގައި ވެސް ނިމާލް ހައްޔަރުކުރިއެވެ. ނަމަވެސް ޖޫރިމަނާކުރުމަށްފަހު މިއަދު ދޫކޮށްލީއެވެ.
ފުލުހުން ދޫކޮށްލުމުން ނިމާލް މިއަދު ވިދާޅުވީ ދެއިރު ދެދަޅައަށް ޖަލަށް ލިޔަސް ހިތުގައިވާ ”ޤައުމީ ލޯތްބެއް“ ޖަލަކަށް ނުލެވޭނެކަމަށެވެ. އަދި ލޮލަށް ޕެޕަރސްޕްރޭ ޖެހި ނަމަވެސް، ހިތުގައިވާ ”ޤައުމީ ރޫޙަކަށް“، ޕެޕަރސްޕްރޭއެއް ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ނިމާލް ވަނީ މި ޤައުމުގެ މައްޗަށް ބޭރުގެ އެއްވެސް ނުފޫޒެއް އޮވެގެން ނުވާނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި ޤައުމަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ޤައުމުގައި އޮންނާން ޖެހޭނީ އަމިއްލަ ބަސްބުނެވޭ ދިވެހި ވެރިކަމެއްކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.
Aharumen dhivehin mee varah naseeb rangalu baeh… Aee nimaalu men kahala gaumaa rayithun dheke loabivaa haraan koaru alaathun thibeema
Muluvagun fenedho mihaaru misarukaaruga vahkankuranee dheenaakulhenee minivankan gellenee ehenthaavaanee laadheeneebaigand
ގައުމީލޯބި ބޮޑުވިލެއް ގަދަކަމުން މުލުވަގު ކައިރީ ވައްކަން ކުރަން އުޅުނީ