ށ އަތޮޅު ނޫމަރާގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އިތުރުން އޮފީސް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ދެ އިމާރާތުގެ ބިންގާ މިއަދު އަޅުއްވާދެއްވީ، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދްގެ އިތުރުން ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.
ނޫމަރާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އިތުރުން އޮފީހުގެ މަސައްކަތަކީ، ސްކައިވަން ލޮޖިސްޓިކްސް އިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެ ތަނެވެ. 270 ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ފެނަކަ އާއި ހަވާލު ކުރުމަށް ސްކައިވަން ލޮޖިސްޓިކްސް އާއި އެކު ފެނަކައިން ވަނީ މީގެ ކުރިން އެއްބަސް ވެފައެވެ.
މި އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދެވެން ފެށުމުން އެ ރަށު ރައްޔިތުންނަށް ބޮޑެތި ލުއި ތަކެއް ލިބިގެން ދާނެ ކަމަށް އެ ރަށު ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ.