ހޮނިހިރު, އޭޕްރިލް 17, 2021
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޔޫޓީއެފްގެ މައްސަލައިގައި ޢުމަރު ހިއްސާކުރި ލިޔުންތަކަކީ ދޮގުކަމަށްވާނަމަ، ކުށް ޖިނާއީވޭ: ވަކީލު ނިޝާން

އަޙްމަދު ޝަބީން ލިޔުނީ: އަޙްމަދު ޝަބީން
މާރޗް 20, 2021
ޚަބަރު
2
ޔޫޓީއެފްގެ މައްސަލައިގައި ޢުމަރު ހިއްސާކުރި ލިޔުންތަކަކީ ދޮގުކަމަށްވާނަމަ، ކުށް ޖިނާއީވޭ: ވަކީލު ނިޝާން

އުތުރު ތިލަަފަޅުގެ އެއްބަސްވުން (ޔޫޓީއެފް) ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ޢާންމުކުރައްވާފައިވާ ލިޔުންތަކަކީ ސައްހަ އެއްޗެއްކަމަށް ނުވާނަމަ، އެ ލިޔުންތައް ޢާންމުކުރި ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ތަޙްޤީޤުކޮށް، ދަޢުވާކުރެވޭ ގޮތަށް ޤާނޫންތައް ހަވާލާދޭކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ADVERTISEMENT

އުތުރު ތިލަފަޅުގެ އެއްބަސްވުންކަމުގެ ކޮޕީއެއްކަމަށް ބުނާ 08 ޞަފުހާގެ ލިޔުންތަކެއް، ސޯޝަލް މީޑިއާތެރެއަށް ދޫކޮށްލެއްވީ މި މަހު 15 ވނަ ދުވަހުއެވެ. އެ ލިޔުންތަކުގައިވާ ގޮތުން އެއްބަސްވުން ޤާއިމުކުރީ 30 އަހަރަށްކަމަށްވާއިރު، އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއެކު ތިބެވޭނެކަމަށް ބުނެފައިވެއެވެ.

ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެއީ ޙަޤީޤަތާއި ޚިލާފު ލިޔުންތަކެއްކަމަށް ބުނެފައެވެ.

މި ގޮތުން ޢުމަރާމެދު ފިޔަވަޅު އަޅަންޖެހޭކަމަށް ބައެއް ފަރާތްތަކުން ބުނެ، މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ނިޝާން މިއަދު ޢާންމުކުރައްވާފައިވާ ޓްވީޓެއްގައި ވަނީ03 އަހަރު ތެރޭގައި ކޯސްޓް ގާޑުން ބަނދަރެއް ތަރައްޤީކުރުމަށް ހުސްވި ފެބްރުއަރީ 21 ގައި އިންޑިޔާއާއެކު ސޮއިކުރި އުތުރު ތިލަފަޅުގެ މައްސަލައިގައި ޢުމަރު ޢާންމުކޮށްފައިވާ ލިޔުންތަކަކީ ދޮގުކަމަށްވާނަމަ، އެ ކުށްތައް

ޤާނޫނުލްއުޤޫބާތުގައިވާ ކުށުގެ ދަރަޖަތަކަށް ފެތޭކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޖިނާޔާތުގެ 5 ވަނަ ދަރަޖައާއި، ޖުނަހުގެ 3 އާއި، ޖުނަހުގެ 1 ވަނަ ދަރަޖަކަމަށް ވެސް ނިޝާން ފާހަގަކުރެއްވިއެވެ.

މި ކުށްތައް ހިމަނާފައިވާ މާއްދާތައް ނިޝާންގެ ޓުވީޓްގައި ހިމަނުއްވާފައިވާއިރު، އެއީ ޤާނޫނުލްއުޤޫބާތުގެ 310 ވަނަ ބާބާއި 533 ގެ ހ(2) (i ) އާއި، 615 (ހ) ގެ (6) ވަނަ ނަންބަރުގެ ދަށުން ކުށް ޖިނާއީވާ ސަބަބެއްކަމަށް ބާޔަންކޮށްފައިވެއެވެ.

ނިޝާން އެ މާއްދާތަކުގެ ސްކްރީން ސޮޓްތަކެއް ހިމަނުއްވާފައިވާއިރު، އެ މާއްދާތައް ބުނާ ގޮތުން ސައްހަނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާދިނުމާއި، ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގެ ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ތަކުރާރުކުރުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގައިވާ ކަމެއް ބަޔާންކުރުމާއި، އެއްޗަކީ ވަކި މީހަކު ހެދި އެއްޗެއްކަމުގައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި ނުވަތަ ވަކި އަގެއް އޮތް އެއްޗެއްކަމުގައި ނުވަތަ ވަކި ދުވަހެއްވީ އެއްޗެއްކަމުގައި، ސައްހަނޫން ގޮތުގައި ދެއްކުމަށްޓަކައި އެއްޗެއް ނުވަތަ ލިޔުމެއް އުފެއްދުމާއި ނުވަތަ އެއްޗަކަށް ބަދަލު ގެނައުން ހިމެނެއެވެ. އަދި ހަމައެހެންމެ ސައްހަނޫން ލިޔުމަކަށް ނުވަތަ އެއްޗަކަށް ހަވާލާދިނުމާއި، ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގެ ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ތަކުރާރުކުރުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގައިވާ ކަމެއް ބަޔާންކުރުމާއި، އެއްޗަކީ ވަކި މީހަކު ހެދި އެއްޗެއްކަމުގައި ނުވަތަ ވަކި އަސްލެއް އޮތް އެއްޗެއްކަމުގައި ނުވަތަ ވަކި އަގެއް އޮތް އެއްޗެއްކަމުގައި ނުވަތަ ވަކި ދުވަހެއްވީ އެއްޗެއްކަމުގައި ސައްހަނޫން ގޮތުގައި ދެއްކުމަށްޓަކައި އެއްޗެއް ނުވަތަ ލިޔުމެއް އުފެއްދުމާއި ނުވަތަ އެއްޗަކަށް ބަދަލު ގެނައުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވެއެވެ.

ނިޝާން މިހެން ވިދާޅުވެފައިވާއިރު، ދިވެހި ނެޝަނަލް އެކްޝަން(ޑީއެންއޭ) ގެ ފަރާތުން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޢުމަރު ވިދާޅުވީ އިންޑިއާ ސަރުކާރުން ބޭނުންވާ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، އެ ޤައުމުގެ ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި މިލިޓަރީ ބޭހެއް ހަދަން ކަމަށެވެ. އަދި ސަރުކާރުން އެކަމަށް ދޫދީ ހިފެހެއްޓީ ކިހާވަރަކަށްކަން އެނގޭނީ ދިވެހި ސަރުކާރަށް ކަމަށް ވެސް ޢުމަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޢުމަރު ވިދާޅުވެފައިވަނ ލީކުކޮށްލެއްވި އެއްބަސްވުމަކީ ހުސްވި އަހަރުގެ ޖޫން މަހުގެ 20 ގައި ސީދާ އިންޑިއާ ސަރުކާރުން ހުށަހެޅި އެއްބަސްވުމެއް ކަމަށެވެ. ހަމައެހެންމެ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިންކާރު ނުކުރައްވާކަމަށާއި، ނަމަވެސް އޭގައި ހުރި ބައެއް ކަންކަމަށް އިންކާރު ކުރެއްވި ކަމަށް ޢުމަރު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

ފިޔާތޮށި ކުލަލައިފައިވާ ރުކެއް ކަނޑައިލިކަމަށް ބުނާ މައްސަލައިގައި އަނާރާ ވިދާޅުވީ ކީކޭ!

އޭޕްރިލް 17, 2021
ޤުރުއާނުގެ އެންމެ އާޔަތެއް ދޮގުކޮށް، އިންކާރުކޮށްފިނަމަ އެ މީހަކު ދީނުން ބޭރުވާނެ: ޒައިދު

ޤުރުއާނުގެ އެންމެ އާޔަތެއް ދޮގުކޮށް، އިންކާރުކޮށްފިނަމަ އެ މީހަކު ދީނުން ބޭރުވާނެ: ޒައިދު

އޭޕްރިލް 17, 2021
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މަގުމައްޗަށް

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މަގުމައްޗަށް

އޭޕްރިލް 17, 2021
ޕީޕީއެމް ރުއް ކަނޑައެއް ނުލަން، އެއީ ފިލްމެއްގެ މަންޒަރު – ކައުންސިލް

ޕީޕީއެމް ރުއް ކަނޑައެއް ނުލަން، އެއީ ފިލްމެއްގެ މަންޒަރު – ކައުންސިލް

އޭޕްރިލް 16, 2021

Comments 2

  1. Late says:
    4 weeks ago

    Mihaa avahah vakeelunge basfulhuthah genes hadhan jeheyvaruge kamehbaa miyakee. Vakeeluge amaleh fennan jeheynee koat thereyga. Masalaeh hushaelhumun. Gaanooney kiyaa vaahaka dhahkaairu allah gandhee huvaakoh thibe gaanoonu kurimatheega baavaafa amalu dhahkavanee kofee meyzu dhoshuga thibeyiru rattehingaathu kandaalaa foneega onnagothah. Veeiru media ga vaki kamakah nisbath koh gaanoon gavaagoth aanmukurumee vakeelunnah dhevifa oth gadharah heenarukan libeykameh kamah dheken. Adhi ehenme vaki kamakah vaakameh nuvatha nuvaakameh media ga vakeelaku konmehen haama kohdheykah nujeheyne. Gadharah ihuthiraam kurahvva. Vaki kameh nuvatha faraatheh dhifaaukoh imun beyrun ais rayyithunnah kanoth goth haama kohdheykah nujeheyne. Gaanoonu rayyithumeehaaves kiyaane. Fiyavalhu alhaanekanves engeyne rayyithunnah. Thedhuverikamaai amaanath therikamaaeku vazeefaaga dhemihurun rahyyithumeehaa vakeelunge kibain beynunvanee. Salaam

    Reply
  2. ފިޔޯރީ ސައީދު says:
    4 weeks ago

    އުމަރު އެ ވިދާޅުވާ ލިއުމަކީ އަސްލެއް ކަމަށް ވާނަމަ އެކަން ކުރިފަރާތައް ލިބޭނެ އަދަބު ވިދާޅުވި ނަމަ ވަރަށް ރަނގަޅުވީސް.

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޑރ.ނާޒުގެ ދުލުން: އެމްޑީޕީއަށް ވޯޓު ނުދެއްވަން ނިންމެވި ސަބަބު!

    ޑރ.ނާޒުގެ ދުލުން: އެމްޑީޕީއަށް ވޯޓު ނުދެއްވަން ނިންމެވި ސަބަބު!

    0 shares
    Share 0 Tweet 0
  • ސަރުކާރުގެ ދިފާޢުގައި ޑރ.އިޔާޟް، ޢަލީ ރަމީޒަށް ވަރުގަދަ ރައްދެއް ދެއްވައިފި

    0 shares
    Share 0 Tweet 0
  • އަޅުގަނޑުމެންނަށް މި އޮތް ދެއަހަރުތެރޭގައި މުޢިއްޒު ނިކަމެތި ކޮށްލެވިދާނެ: ނަޝީދު

    0 shares
    Share 0 Tweet 0
  • ”މަރަށް މަރު ހިފުމަކީ ސިކް ބައެއް ކުރާކަމެއް ކަމަށް ބުނެ މެންބަރު ވަޙީދު ކުފުރުވެއްޖެ“

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In