މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅަށް ހުުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅާއި، ހދ.އަތޮޅާއި، ށ.އަތޮޅާއި، ނ.އަތޮޅަށެވެ.
އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 10:10 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށެވެ.
އެ ވަގުތުތަކުގައި ވާރޭވެހި ބާރަށް ގުގުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.