ސްރީ ލަންކާއަށް އެތެރެވާ ފަރާތްތަކުން، ކޯވިޑް 19 އިން ރައްކާތެރި ކަން ހޯދުމަށް ޖަހާ ވެކްސިން ޖަހައިގެން ހުރެއްޖެނަމަ އެގައުމަށް ގޮސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް އެގައުމުން އިސްލާހު ގެނެސްފިއެވެ.
ލަންކާއިން މިގޮތަށް ނިންމާފައި މިވަނީ، ދުނިޔޭގެ ގިނަ ގައުމު ތަކެއްގައި މިހާރު ކޯވިޑް އިން ރައްކާތެރިކަން ހޯދުމަށް ގިނަ އަދަދެއްގެ މީހުން ވެކްސިން ޖަހަމުން ދިއުމާއި ގުޅިގެންނެވެ.
ލަންކާގެ ހެލްތު މިނިސްޓްރީއިން ގެނައި އިސްލާހުގައި ބުނެފައިވަނީ، ވެކްސިން ޖަހައިގެން އެގައުމަށް އަންނަ ފަރާތްތަށް 14 ދުވަހު ކަރަންޓީނު ވާން ނުޖެހޭނެ ކަމަށާއި، އެހެން ނަމަވެސް ގައުމަށް އެތެރެވާތާ 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށާއި، އަދި އޭގެ ނަތީޖާ ލިބެންދެން ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އިސްލާހުގައި ބުނެފައިވަނީ، އެގައުމަށް އެތެރެ ވުމަށްފަހ ހަދަންޖެހޭ ޕީސީއާރް ޓެސްޓު ހެދޭނީ ހަމަ އެކަނި އެގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާ ހޮސްޕިޓާ ނުވަތަ ކްލިނިކް ތަކުން އެކަނި ކަމަށެވެ.
ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ އިސްލާހުގައި ބުނެފައިވަނީ، ދެވަނަ ޕީސީއާރް ޓެސްޓެއް ގައުމަށް އެތެރެވާތާ 7 ވަނަ ދުވަހު ހަދަން ޖެހޭނެ ކަމަށެވެ.