ދިވެހި އަސްކަރިއްޔާއާމެދު ޙަޤީޤަތާ ޚިލާފު އެއްވެސް ވާހަކައެއް ނުފެތުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ބިން ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއްކަމަށް ބުނާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވެގެން ގޮސްފައިވާއިރު، ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާއި ގުޅިގެން ބައެއްކަހަލަ ތުހުމަތުތައް ކުރެވިގެންދިޔައެވެ.
އެ ގޮތުން ޑރ.ޝަހީމް ވިދާޅުވީ ދިވެހި އަސްކަރިއްޔާއަކީ ދިވެހިދައުލަތުގެ އެންމެ މަތީ ޝަރަފުވެރި މުއައްސަސާ ކަމަށެވެ. އަދި އެއީ ދީނާއި ޤައުމުގެ ދިފާޢީ އަށްޑަނަ ކަމަށާއި ހުރިހައި ފަރާތްތަކުން ވެސް އެ މުއައްސަސާގެ ޝަރަފާއި އައުދާނަކަން ދަމަހައްޓަވަންވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ދިވެހި އަސްކަރިއްޔާއާމެދު ޙަޤީޤަތާ ޚިލާފު އެއްވެސް ވާހަކައެއް ފަތުރައިގެން ނުވާނެކަމަށް ވެސް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމަށް ގައުމެއްގެ ވެރިކަން ކުރެވޭވަރުގެ ވިސްނުމުގެ ކެޕެސިޓީ އެއް ހުރި ކަމަކަށް ނުފެނޭ. ސަބަބަކީ މިދައްކަނީ ގައުމެއްގެ މިިލިޓަރީ ތެރެއަށް އެހެން ގައުމެއްގެ އަތެއް ބާނާ ވާހަކަ.އަހަރެމެންގެ ގައުމުގެ މިިލޓަރީ ކަންކަން ބަލަހައްޓާނީ އަހަރެމެންގެ މީހުން.