ޤާނޫނު އަސާސީއާއި ޚިލާފަށް ދައުލަތުގެ މުއައްސަސާތަކުން އެއް ކުށަކަށް ދެ އަދަބު ދޭކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝުޖާއު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް ކުށަކަށް ދެ އަދަބު ދިނުމަކި ޤާނޫނު ދަންނަކަމެއް ނޫން ކަމަށާއި، އެއްވުންތަކަށް މީހުން ނިކުތުމުން އެ ތަނުން ވެސް އެބަ ޖޫރިމަނާކުރާ ކަމަށެވެ. ހަމަ އެ ގޮތަށް އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ވެސް ޖޫރިމަނާ ކުރާ ކަމަށެވެ.
”އެއް ކުށަކަށް ދެ އަދަބު ދިނުމަކީ ދިވެހި ޤާނޫނުތައް ދަންނަކަމެއް ނޫން. އެއްވުންތަކަށް މީހުން ނިކުތުމުން އެ ތަނުން ވެސް އެބަ ޖޫރިމަނާކުރޭ. ހަމަ އެހެން އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ވެސް އެބަ ޖޫރިމަނާކުރޭ. މީ ކަނޑައެޅިގެން ޤާނޫނުގެ ޢަމުރުތަކަށް ދައުލަތުގެ މުއައްސަސާތަކުން އަރައިގަންނަ ކަންކަން“ ޝުޖާއު ވިދާޅުވިއެވެ.
ޤާނޫނު ބުނާގޮތުން އެއް ކުށަކަށް ދެފަހަރު އަދަބު ދެވިގެންނުވާނެއެވެ. ނަމަވެސް އެ ކުށަކަށް ދެ އަދަބު ދެވިދާނެކަމަށް ޤާނޫނުގައި ބުނެއެވެ.