މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ޢަލީ އައްޞާބޫނީ އަވަހާރަވެއްޖެއެވެ.
ޢުމުރުފުޅުން 91 އަހަރުގައި އައްޝައިޚް މުޙައްމަދު ޢަލީ އައްޞާބޫނީ އަވަހާރަވީ މިއަދުގެ މެންދުރުފަހުގައެވެ.
1930 ވަނަ އަހަރުގެ ޖެނުއަރީ 01 ގައި ސޫރިޔާގެ ޙަލަބަށް އުފަންވެވަޑައިގެންނެވި ޝައިޚް ޞާބޫނީ މަޝްހޫރުވެ ވަޑައިގެންފައިވަނީ ތަފްސީރު ޢިލްމުގެ ރޮނގުންނެވެ.
ޝެއިޚަކީ ވަރަށް ގިނަ މަޝްހޫރު ފޮތްތަކެއް ތައުލީފުކުރައްވާފައިވާ ޢިލްމުވެރިއެކެވެ. އޭގެތެރެއިން އެންމެ މަޝްހޫރު ފޮތަކީ ތަފްސީރު ފޮތެއް ކަމަށްވާ “ ޞަފްވަތު އައްތަފާސީރު“ މި ނަމުގައި ތައުލީފު ކުރައްވާފައިވާ ތަފްސީރު ފޮތެވެ. ޝައިޚްގެ ތަފްސީރު ފޮތެއް ދިވެހިބަހަށް ތަރުޖަމާކުރެވިފައި ވެސް ވެއެވެ.
މާތް ރައްބު ޝައިޚްގެ ފުރާނަފުޅަށް ރަޙްމަތް ލައްވާށިއެވެ.