ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ގދ އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރައްތަކަށެވެ.
މެޓް އޮފީހުން ސަމާލު ނެރެފައިވަނީ، މިއަދުގެ މެންދުރު 12:00 އިން ފެށިގެން ހަވީރު 16:00 އަށެވެ. މީގެ އިތުރުން އެއިދާރާއިން ބުނެފައިވަނީ، މި ވަގުތު ތަކުގައި އެހީސާބުގެ ރައްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސް ވަރެއް ކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.