ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް (ސީއޭޕީއޭސީ) ގެ ވައިސް ޗެއަރގެ މަޤާމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ޢައްޔަންކުރައްވައިފިއެވެ.
މެންބަރު ނާޝިޒު އެ މަޤާމަށް ޢައްޔަންކުރީ އިއްޔެ ބޭއްވި ސީއޭޕީއޭސީގެ ޢާންމު ޖަލްސާގައެވެ. ނާޝިޒު އެ މަޤާމަށް ޢައްޔަންކުރީ ލަންކާއާއި، ބަންގްލަދޭޝްގެ އިތުރުން ނިއުޖާޒީ ސްޓޭޓްގެ ވޯޓާއެކުގައެވެ.
މާލީ ގޮތުން ސަރުކާރުތައް ޒިންމާދާރުކުރުމުގައި, އެކަށީގެންވާ ގޮތްތަކެއް ނިންމުމަށް ހިތްވަރުދިނުމުގެ ގޮތުން 2015 ވަނަ އަހަރު ވުޖޫދުވި ސީއޭޕީއޭސީގައި 40 ޤައުމަކުން ބައިވެރިވެއެވެ.