ރާއްޖެއިން އިތުރު 186 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ހާމަކުރިގޮތުގައި މިއީ އިއްޔެ ހަވީރު 18:00 އިން ފެށިގެން މިއަދުގެ އެ ވަގުތާއި ހަމައަށް ޕޮޒިޓިވްވި މީހުންނެވެ.
ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި މާލެއިން 151 މީހުންނާއި، ބައެއް ރަށްރަށުން 14 މީހުންނާއި، ރިސޯޓުތަކުން 20 މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެވެ.
ހަމައެހެންމެ އަލަށް ރަނގަޅުވި 123 މީހުންނާ އެކުގައި މިހާތަނަށް 19642 މީހުން ވަނީ ރަނގަޅުވެފައިވާ ކަމަށާއި، މި ވަގުތު ފަރުވާދެމުން އަންނަނީ 2433 މީހުންނަށްކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ހާމަކުރިގޮތުގައި އޭގެތެރެއިން 121 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 22147 މީހުން ޕޮޒިޓިވްވެފައިވެއެވެ. މި ބަލީގައި މިއަދު އެކަކު ނިޔާވެފައިވާއިރު، ނިޔާވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 65 އަރާފައެވެ.